Fri, 13 Nov 2026, 06:47 AM

އިހަވަންދޫ.ކޮމް ގެ ޕްރައިވެސީ ޕޮލިސީ

އިހަވަންދޫ.ކޮމް އިން ތިޔަބޭފުޅުންގެ  ޒާތީ މައުލޫމާތުގެ ރައްކާތެރިކަމަށް ނުހަނު ބޮޑަށް އިސްކަންދެމެވެ. މި ޕްރައިވެސީ ޕޮލިސީގެ މަގުސަދަކީ އަޅުގަނޑުމެން އެއްކުރާ މައުލޫމާތާއި، އެ މައުލޫމާތު ބޭނުންކުރާ ގޮތް އަދި އެ މައުލޫމާތަށް ބަދަލުުގެނައުމަށް ތިޔަބޭފުޅުންނަށް އޮތް ހައްގުތައް ސާފުކޮށް ބަޔާންކޮށްދިނުމެވެ.

1. މައުލޫމާތު އެއްކުރުން

އަޅުގަނޑުމެން ތިރީގައިވާ ބާވަތްތަކުގެ މައުލޫމާތު އެއްކުރަމުންދާނެއެވެ:

  • ޒާތީ މައުލޫމާތު: އަޅުގަނޑުމެންގެ ޚިދުމަތްތައް ބޭނުންކުރުމަށް ރަޖިސްޓްރީވާއިރު، ނޫސްތަކަށް ސަބްސްކްރައިބްކުރާއިރު ނުވަތަ ޚިޔާލު ހުށަހަޅާ ފޯމުތައް ފުރާއިރު ތިޔަބޭފުޅުން އަމިއްލައަށް ފޯރުކޮށްދޭ ޒާތީ މައުލޫމާތު.

  • އާންމު އެގްރިގޭޓެޑް މައުލޫމާތު: ވެބްސައިޓަށް ވަންނަ ފަރާތްތަކުގެ އަދަދާއި، ޓްރެފިކްގެ މައުލޫމާތު. މި މައުލޫމާތަކީ ވަކި މީހަކު އަންގައިދޭ މައުލޫމާތެއް ނޫނެވެ.

ނޯޓު: އުމުރުން 18 އަހަރުން ދަށުގެ ކުޑަކުދިންގެ ޒާތީ މައުލޫމާތެއް އަޅުގަނޑުމެން ގަސްދުގައެއް އެއްނުކުރާނެއެވެ.

2. މައުލޫމާތު ބޭނުންކުރުން

އެއްކުރެވޭ މައުލޫމާތު އަޅުގަނޑުމެން ބޭނުންކުރާނީ ތިރީގައިވާ ކަންކަމަށެވެ:

  • ތިޔަބޭފުޅުންގެ އައިޑެންޓިޓީ ކަށަވަރުކުރުމަށާއި، ލޮގިން މައުލޫމާތު އޮޅުންފިލުވައިދިނުމަށް.

  • ތިޔަބޭފުޅުން އެދިވަޑައިގަންނަވާ ޚިދުމަތްތައް އެންމެ ފުރިހަމައަށް ފޯރުކޮށްދިނުމަށް.

  • އިހަވަންދޫ.ކޮމް އިން އަލަށް ފަށާ ޚިދުމަތްތަކާއި، ޚަބަރުތަކުގެ މައުލޫމާތު ފޯރުކޮށްދިނުމަށް.

  • ވެބްސައިޓުގައި ދައްކާ އިޝްތިހާރުތަކަކީ ތިޔަބޭފުޅުން ޝައުގުވެރިވާފަދަ އިޝްތިހާރުތަކަކަށް ހެދުމަށް.

3. މައުލޫމާތު ހާމަކުރުން (ހިއްސާކުރުން)

އަޅުގަނޑުމެން ތިޔަބޭފުޅުންގެ މައުލޫމާތު ތިންވަނަ ފަރާތަކަށް ހާމަކުރާނީ ތިރީގައިވާ ހާލަތްތަކުގައެވެ:

  • ގާނޫނީގޮތުން މައުލޫމާތު ހާމަކުރުމަށް އަޅުގަނޑުމެންގެ މައްޗަށް ލާޒިމުވާ ހާލަތްތަކުގައި.

  • ތިޔަބޭފުޅުންގެ އިސްވެދެވޭ ހުއްދައާއެކު.

  • ވަކި މީހަކީ ކާކުކަން ނޭނގޭ ގޮތަށް، އާންމު ސްޓެޓިސްޓިކްސްގެ ގޮތުގައި އިޝްތިހާރުކުރާ ފަރާތްތަކާ ހިއްސާކުރުމަށް.

4. ކުކީޒް (Cookies) އާއި ޓްރެކިންގ

އަޅުގަނޑުމެންގެ ވެބްސައިޓުގެ ޚިދުމަތް ފުރިހަމައަށް ދިނުމަށްޓަކައި "ކުކީޒް" ބޭނުންކުރެވެއެވެ. ކުކީޒް މެދުވެރިކޮށް އެއްކުރެވޭނީ ތިޔަބޭފުޅުން ބޭނުންކުރައްވާ ބްރައުޒާގެ ބާވަތާއި، IP އެޑްރެސް އަދި ވެބްސައިޓުގައި ހޭދަކުރައްވާ ވަގުތު ފަދަ ނޮން-ޕާސަނަލް މައުލޫމާތެވެ.

  • ކުކީޒް އޮފްކުރުން: ތިޔަބޭފުޅުން ބޭނުންފުޅުނަމަ ބްރައުޒާގެ ސެޓިންގްސްއިން ކުކީޒް އޮފްކޮށްލެވިދާނެއެވެ. ނަމަވެސް، މިހެން ހެދުމުން ވެބްސައިޓުގެ ބައެއް ޚިދުމަތްތައް ފުރިހަމައަށް ނުލިބުމަކީ އެކަށީގެންވާ ކަމެކެވެ.

5. ތިންވަނަ ފަރާތްތަކުގެ ލިންކުތަކާއި އިޝްތިހާރު

އިހަވަންދޫ.ކޮމް ގައި އެހެން ވެބްސައިޓްތަކުގެ ލިންކުތަކާއި ތިންވަނަ ފަރާތްތަކުގެ އިޝްތިހާރު ހިމެނިދާނެއެވެ. އެފަދަ ވެބްސައިޓްތަކުން މައުލޫމާތު އެއްކުރާ ގޮތާއި ޕްރައިވެސީ އުސޫލުތަކަށް އަޅުގަނޑުމެން ޒިންމާއެއް ނުވާނެއެވެ. އެފަދަ ސައިޓެއް ބޭނުންކުރުމުގެ ކުރިން އެ ސައިޓެއްގެ ޕްރައިވެސީ ޕޮލިސީ ކިޔުއްވުމަށް އިލްތިމާސްކުރަމެވެ.

6. އޮޕްޓް-އައުޓް ކުރެވޭނެ ހައްގު

އަޅުގަނޑުމެން ފޮނުވާ މާކެޓިން އީމެއިލްތަކާއި ނިއުސްލެޓާ އަދި ޚާއްސަ އިޝްތިހާރުތައް ނުލިބޭގޮތް ހެދުމަށް (Opt-out ކުރުމަށް) ތިޔަބޭފުޅުންނަށް ފުރުސަތު ލިބިވަޑައިގަންނަވާނެއެވެ.

7. ޕޮލިސީއަށް ބަދަލުުގެނައުން

މި ޕްރައިވެސީ ޕޮލިސީއަށް ކޮންމެ ވަގުތަކުވެސް ބަދަލުުގެނައުމުގެ ހައްގު އިހަވަންދޫ.ކޮމް އަށް ލިބިގެންވެއެވެ. ޕޮލިސީއަށް ބަދަލެއް އަތުވެއްޖެނަމަ މި ސަފްހާގައި އެކަން އާންމުކުރެވޭނެއެވެ.