1. ސައިޓް ބޭނުންކުރުމުގެ އުސޫލުތައް
އިހަވަންދޫ.ކޮމް ބޭނުންކުރައްވާ އިރު ތިރީގައިވާ ކަންކަމުން އެއްކިބާވާން ޖެހޭނެއެވެ.
-
ގާނޫނާ ޚިލާފު، އަބުރާ ބެހޭ، އިންޒާރުދޭ، ނުވަތަ އެހެން މީހުންނަށް އުނދަގޫވާފަދަ ކޮމެންޓް ޝާއިޢުކުރުން.
-
އެހެން ފަރާތެއްގެ ކޮޕީރައިޓް، ޓްރޭޑްމާކް ނުވަތަ ޒާތީ ރައްކާތެރިކަމުގެ ހައްގަކަށް އަރައިގަތުން.
-
ސްޕޭމް (Spam) އީމެއިލް، އިޝްތިހާރު ނުވަތަ ހުއްދަނެތް މެސެޖުތައް ފޮނުވުން.
-
އެހެން މީހެއްގެ އެކައުންޓަށް ހުއްދަނެތި ވަންނަން މަސައްކަތްކުރުން ނުވަތަ އެހެން މީހެއްގެ ސިފަޔަށް ހެދިގެން މައުލޫމާތު އޮޅުވާލުން.
-
ވެބްސައިޓުގެ ހިންގުމަށް ބުރޫއަރާފަދަ ވައިރަސް ނުވަތަ އެނޫންވެސް ނުރައްކާތެރި ކޯޑުތައް ފޮނުވުން.
-
އެހެން މީހުންގެ އެއްބަސްވުމާނުލައި އެމީހުންގެ އީމެއިލް ނުވަތަ ޒާތީ މައުލޫމާތު އެއްކުރުން.
2. ޒިންމާތަކުން އިސްތިސްނާވުން
-
އިހަވަންދޫ.ކޮމް ގައިވާ މައުލޫމާތުތަކަކީ "އޮތްގޮތަށް" (As is) ފޯރުކޮށްދެވޭ މައުލޫމާތެވެ. މައުލޫމާތުގެ ފުރިހަމަކަމާއި ސައްހަކަމާމެދު އެކަށީގެންވާ މަސައްކަތްކުރެވުނު ކަމުގައިވީނަމަވެސް، މުތުލަގު ކަށަވަރުކަމެއް އަޅުގަނޑުމެން ނުދެމެވެ.
-
ވެބްސައިޓުގައި ޝާއިޢުކުރެވޭ ތިންވަނަ ފަރާތްތަކުގެ އިޝްތިހާރުތަކާއި، ލިންކުތަކުން ލިބޭ ގެއްލުމަކަށް އިހަވަންދޫ.ކޮމް އިން ޒިންމާއެއް ނުނަގާނެއެވެ.
-
ސާވަރަށް ދިމާވާ މައްސަލައަކުން، ނުވަތަ މުވާސަލާތީ ޚިދުމަތް މެދުކެނޑުމެއް އައުމުގެ ސަބަބުން ވެބްސައިޓް ނުލިބިގެން ލިބޭ އެއްވެސް ގެއްލުމަކަށް އިހަވަންދޫ.ކޮމް އިން ޒިންމާއެއް ނުނަގާނެއެވެ.
3. އެކައުންޓާއި ޕާސްވޯޑުގެ ރައްކާތެރިކަން
-
ވެބްސައިޓުގައި ރަޖިސްޓްރީވާ އިރު ސައްހަ މައުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
-
ތިޔަބޭފުޅުންގެ ޔޫޒަރނޭމް އަދި ޕާސްވޯޑުގެ ރައްކާތެރިކަން ބެލެހެއްޓުމަކީ ތިޔަބޭފުޅުންގެ އަމިއްލަ ޒިންމާއެކެވެ. ތިޔަބޭފުޅުންގެ އެކައުންޓުން ކުރެވޭ ކޮންމެ ކަމަކަށް ޒިންމާވާންޖެހޭނީ ތިޔަބޭފުޅުންނެވެ.
-
އެކައުންޓަށް ހުއްދަނެތި އެހެން މީހަކު ވަދެފިކަމުގެ ޝައްކެއް ކުރެވިއްޖެނަމަ، ވަގުތުން ޕާސްވޯޑު ބަދަލުކޮށް އަޅުގަނޑުމެންނަށް އަންގަންވާނެއެވެ.
4. ކިޔުންތެރިން ހުށަހަޅާ މައުލޫމާތާއި ޚިޔާލުތައް
-
ވެބްސައިޓަށް ތިޔަބޭފުޅުން ހުށަހަޅާ ޚިޔާލު، ކޮމެންޓު، ލިޔުން، ފޮޓޯ އަދި ވީޑިއޯއަކީ ތިޔަބޭފުޅުންގެ އަމިއްލަ އުފެއްދުމަކަށް ނުވަތަ ހުށަހެޅުމުގެ ހައްގު ލިބިފައިވާ ތަކެއްޗަށް ވާންޖެހޭނެއެވެ.
-
ތިޔަބޭފުޅުން ހުށަހަޅާ މައުލޫމާތުގެ ކޮޕީރައިޓް ތިޔަބޭފުޅުންގެ އަތުގައި އޮތްނަމަވެސް، އެ މައުލޫމާތެއް އިހަވަންދޫ.ކޮމް ގެ އެކި ވަސީލަތްތަކުގައި ބޭނުންކުރުމާއި، އާންމުކުރުމާއި، އިސްލާހުކުރުމުގެ މުތުލަގު ހައްގު އިހަވަންދޫ.ކޮމް އަށް ލިބިގެންވެއެވެ.
-
ކިޔުންތެރިން ފޮނުވާ ޚިޔާލުތަކަކީ އިހަވަންދޫ.ކޮމް ގެ ރައުޔެއް ނޫނެވެ. އަދި އެފަދަ ކޮމެންޓެއް ނުވަތަ މައުލޫމާތެއް އުނިކުރުމުގެ ފުރިހަމަ އިޚުތިޔާރު އިހަވަންދޫ.ކޮމް އަށް ލިބިގެންވެއެވެ.
5. ފިކުރީ މުދަލުގެ ހައްގުތައް
-
އިހަވަންދޫ.ކޮމް ގައިވާ އެންމެހައި ލިޔުންތައް، ފޮޓޯ، ވީޑިއޯ، ލޯގޯ އަދި އެނޫންވެސް މައުލޫމާތުގެ ކޮޕީރައިޓް މިލްކުވެގެންވަނީ އިހަވަންދޫ.ކޮމް އަށް ނުވަތަ އެ މައުލޫމާތެއް ފޯރުކޮށްދިން ފަރާތަށެވެ.
-
އިހަވަންދޫ.ކޮމް ގެ ހުއްދައާ ނުލައި ސައިޓުގައިވާ މައުލޫމާތެއް ނަކަލުކޮށް، އަލުން ޝާއިޢުކޮށް، ނުވަތަ ވިޔަފާރީގެ ބޭނުމަށް ބޭނުންކުރުމަކީ މަނާކަމެކެވެ.
6. އެކައުންޓް ސަސްޕެންޑްކުރުން ނުވަތަ ބަންދުކުރުން
މި އުސޫލުތަކާ ޚިލާފުވުން، ސެކިއުރިޓީ މައްސަލައެއް ދިމާވުން، ނުވަތަ ގާނޫނީ އިދާރާއަކުން އެދިއްޖެ ހާލަތެއްގައި، އެއްވެސް އެންގުމަކާ ނުލައި ކިޔުންތެރިޔާގެ އެކައުންޓް ސަސްޕެންޑްކުރުން ނުވަތަ ސައިޓަށް ނުވަދެވޭގޮތަށް ބްލޮކްކުރުމުގެ ހައްގު އިހަވަންދޫ.ކޮމް އަށް ލިބިގެންވެއެވެ.
7. ގާނޫނީ ބާރު
މި ޓާމްސް އޮފް ޔޫސް މާނަކުރެވޭނީ އަދި ހިންގޭނީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުތަކާއި އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. މި އުސޫލުތަކާ ގުޅިގެން އުފެދޭ އެންމެހައި ގާނޫނީ މައްސަލަތައް ބެލުމުގެ އިޚުތިޔާރު ލިބިގެންވަނީ ދިވެހިރާއްޖޭގެ ކޯޓުތަކަށެވެ.
8. އުސޫލުތަކަށް ބަދަލުުގެނައުން
މި އުސޫލުތަކަށް ކޮންމެ ވަގުތަކުވެސް ބަދަލުުގެނައުމުގެ ހައްގު އިހަވަންދޫ.ކޮމް އަށް ލިބިގެންވެއެވެ. ގެނެވޭ ބަދަލުތައް މި ސަފްހާގައި ޝާއިޢުކުރުމާއެކު އެ ބަދަލުތަކަށް އަމަލުކުރެވޭނެއެވެ.