ގޯލްޑެން ފުޓްސަލް ޗެލެންޖު 2025 ގައި، އިހަވަންދޫ ފުޓްސެލް ޓީމް ކުޅުނު ދެވަނަ މެޗްގައި އުތީމާއި އެއްވަރުވެ، މުބާރާތުގައި ކުރިޔަށް ދިއުމަށް އިހަވަންދޫ ޓީމަށް އިތުރު ގޮންޖެހުން ކުރިމަތިވެއްޖެއެވެ. ހޯމަދުވަހުގެ ރޭ އުތީމާއި އިހަވަންދޫ ބައްދަލުކުރި މެޗް ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ. މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އުތީމް ޓީމްގެ އައިހަމްއެވެ.
ހއ އަތޮޅު ބުރުގެ މެޗްތައް ކުރިޔަށް ގެންދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. އިހަވަންދޫ ހިމެނެނީ ގްރޫޕް ބީ ގައެވެ. ގްރޫޕް ބީގައި ހިމެނެނީ އިހަވަންދޫގެ އިތުރުން، މުރައިދޫ، ދިއްދޫ، ވަށަފަރު އަދި އުތީމެވެ. ގްރޫޕް އޭ ގައި ހިމެނެނީ ހޯރަފުށި، ބާރަށް، ކެލާ، މާރަންދޫ އަދި ފިއްލަދޫއެވެ. ކޮންމެ ގްރޫޕަކުންވެސް އެއްވަނަ އަދި ދެވަނަ ހޯދާ ދެ ޓީމް ކުޅޭނީސެމީ ފައިނަލަށް ދަތުރުކުރާނެއެވެ.
އިހަވަންދޫ ހިމެނޭ ގްރޫޕް ބީ އަށް ބަލާއިރު، ކުޅުނު ތިން މެޗްގެ ތެރެއިން ދެ މެޗުން މޮޅުވެ އަދި އެއް މެޗުން އެއްވަރުވެ 7 ޕޮއިންޓާއި އެކު ގްރޫޕްގެ އެއްބަނާގައި އޮތީ ވަށަފަރެވެ. ކުޅުނު ދެ މެޗުން 3 ޕޮއިންޓާއި އެކު ދެވަނާގައި ދިއްދޫ އޮތްއިރު މުރައިދޫ 3 ވަނާގައި އޮތީ 3 ޕޮއިންޓާއިއެކު ދިއްދޫ އަށްވުރެ ފައިދާ ގޯލް މަދުވުމުންނެވެ. 4 ވަނަގާއި 2 ޕޮއިންޓާއިއެކު އުތީމް އޮތްއިރު، ގްރޫޕްގެ ފުލުގައި އެއް ޕޮއިންޓާއީއެކު އޮތީ އިހަވަންދޫއެވެ.
ގްރޫޕް ސްޓޭޖްގައި އިހަވަންދޫއަށް އަދި ބާކީ ދެ މެޗް އެބައޮތެވެ. މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 9:00 ގައި އިހަވަންދޫ، ދިއްދޫއާ ދެކޮޅާށް ނުކުންނައިރު، ގްރޫޕް ސްޓޭޖްގެ ފަހު މެޗްގައި އިހަވަންދޫ ޓީމް މިމަހުގެ 21 ވާ އަންގާރަ ދުވަހުގެ ހަވީރު 17:00 ގައި ކުޅޭނީ ވަށަފަރާއި ދެކޮޅަށެވެ.