އިހަވަންދޫގައި 100 ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

.

އިހަވަންދޫއާއި އެކު ރާއްޖޭގެ 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ހައުސިންގ ޔުނިޓު ތަރައްޤީކޮށްދޭނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފިއެވެ.

މާލީ ވުޒާރާއިން ވަނީ އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަށް ޕަބްލިކް ހައުސިންގ ޕްރޮޖެކްޓްގެ ދަށުން ރާއްޖޭގެ 57 ރަށެއްގައި ބޯހިޔާވެހިކަމުގެ މަޝްރޫޢުތައް ކުރިއަށްގެންދާނެ ބަޔަކު ހޯދުމަށް މިއަދު އިޢުލާންކޮށްފައެވެ. މިމަޝްރޫޢުގެ މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އިންޓަރނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އާއި ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ.) އުސޫލުތަކާއި، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ ގައި ބަޔާންކުރާ ހަމަތަކުގެ މަތިންނެވެ.

އިމާރާތްކުރުމާ ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވުޒާރާގެ އެދިވަޑައިގަތުމަށް، އިހަވަންދޫ ކައުންސިލުން މިއަދުވަނީ އިހަވަންދޫގައި ހައުސިންގް ޔުނިޓް އެޅުމަށް އިހަވަންދޫ ލޭންޑް ޔޫސް ޕްލޭންގައި ފާހަގަ ކޮށްފައިވާ ސަރަހައްދުތަކުން ބިން ދޫކުރުމަށް ނިންމާފައެވެ. މިމަޝްރޫއުގެ ދަށުން އިހަވަންދޫގެ އިތުރުން ހއ އަތޮޅުގެ 5 ރަށެއްގައި ހައުސިންގް އެޅުމަށް ހަމަޖެހިފައިވެއެވެ. އެރަށްތަކަކީ:
އިހަވަންދޫ : 100 ހައުސިންގ ޔުނިޓު
ކެލާ : 50 ހައުސިންގ ޔުނިޓު
އުތީމް : 50 ހައުސިންގ ޔުނިޓު
ދިއްދޫ: 200 ހައުސިންގ ޔުނިޓު
ހޯރަފުށި: 200 ހައުސިންގ ޔުނިޓު

ޕަބްލިކް ހައުސިންގް ޔުނިޓް އެޅުމަށް ލޭންޑްޔޫސް ޕްލޭންގައި ފާހަގަކޮށްފައިވާ ސަރަހައްދުތައް 38.1 ގެ ނަންބަރުތަކުން ފާހަގަކޮށްފައި.