ބަރަކަތްތެރި ރަމަޟާން މަހާއި ދިމާކޮށް ބިއުޓިފުލް ބްލޫގެ ފިހާރަތަކުގައި ކުރިޔަށްގެންދިޔަ، ބިއުޓިފުލް ރަމަޟާން ސޭލްގެނަސީބުވެރިން ހޮވައިފިއެވެ. ނަސީބުވެރިން ހޮވާފައިވަނީ ރޭ ބިއުޓިފުލް ކަލެކްޝަން ފިހާރާގައި ކުރިޔަށްގެންދިޔަ ރަސްމިއްޔާތެއްގައެވެ.
ޖެނުއަރީ 30 އިން ފެށިގެން މިދިޔަ މަހުގެ ނިޔަލަށް ކުރިޔަށްގެންދިޔަ މިސޭލްގައި ކުރި ކޮންމެ 250ރ ގެ ވިޔަފާރިޔަކަށްވަނީ ކޫޕަނެއް ދީފައެވެ. ލަކީޑްރޯއިން 1 ވަނައަށް ގުރުއަތުން ހޮވުނު ފަރާތަށް 65 އިންޗީގެ ޓީވީއެއް، ދެ ވަނަޔަށް ހޮވުނު ފަރާތަށް 8 ކިލޯގެ އޮޓަމެޓިކް ދޮންނަ މެޝިނެއް އަދި ތިންވަނަޔަށް ހޮވުނުފަރާތަށް ސަންފޯރްޑް ބްރޭންޑްގެ ކޮފީ މެށިނެއް ދީފައިވެއެވެ.
މިލަކީ ޑްރޯއިން އެއްވަނަޔަށް ހޮވުނީ ހއ. އިހަވަންދޫ، އަބާރަނަ އާއިޝަތު އަބުދުލް ގަނީއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އައިޝަތަށް އެއްވަނަ ލިބުނީ، ބިއުޓިފުލް ބުލޫ ފިހާރައިން ފޮތި ގަނެގެންނެވެ. ލައިކީ ޑްރޯއިން ދެވަނަޔަށް ހޮވުނީ ހދ. ކުޅުދުއްފުށީ ކުދިރަތްމާގެ، މަރިޔަމް އަލީއެވެ. ތިންވަނަޔަށް ހޮވުނީ ހއ. އިހަވަންދޫ މެޓްރޯވިލާ، މާޔަލް ނިޔާޒަށެވެ.