ޖޭޕީގެ ލީޑަރު ކަމަށް ޤާސިމް އިންތިޚާބުކޮށްފި

ޢަބުދުﷲ ޙަމީދު

ޖުމްހޫރީ ޕާޓީގެ ލީޑަރުކަމަށް ޤާސިމް އިބްރާހިމް އިންތިޚާބުކޮށްފިއެވެ. ޖުމުހުރީ ޕާޓީގެ ދެވަނަ ކޮންގުރެސް ގައި ޤާސިމް އިބުރާހިމް ލީޑަރުކަމަށް އައްޔަން ކޮށްފައި ވަނީ ލީޑަރު އައްޔަން ކުރުމަށް ނެގުނު ވޯޓްގައި ބައިވެރިވި 95 ބޭފުޅުންގެ ތެރެއިން 94 ބޭފުޅުންގެ ވޯޓާ އެކު އެވެ.

އަދި އެޕާޓީގެ ޑެޕިއުޓީ ލީޑަރުންގެ މަޤާމަށް ވަނީ އަމީން އިބްރާހިމްއާއި، އިލްހާމް އަޙްމަދުއާއި، ޑރ. ހުސައިން ރަޝީދު އަދި ޑރ. އިބްރާހިމް ދީދީ  ހޮވައިފައެވެ.

ޖޭޕީން އިންތިހާބުކުރާ ހަތަރު ނައިބު ލީޑަރުންގެ ތެރެއިން އިލްހާމް ހޮވަިފައި ވަނީ 81 ވޯޓް ހޯއްދަވާގެންނެވެ. ޑރ. އިބްރާހިމް ދ ހޮވިވަޑައިގަތީީ 80 ވޯޓުން ނެވެ. އަމީން އިބްރާހިމް އަށް ލިބިވަޑައިގެންނެވީ 78 ވޯޓެވެ. އަދި މިހާރުވެސް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރެއްގެ މަޤާމުގައި ހުންނެވި ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. ޙުސައިން ރަޝީދު ޙަސަނ ހޮވިފައިވަނީ 63 ވޯޓުންނެވެ.