އިހަވަންދޫ ހުރަވީ ދަނޑު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ފަށައިފިއެވެ. މިމަސައްކަތް ފަށާފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހުއެވެ. އިހަވަންދޫ ހުރަވީ ދަނޑު، ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ، ރޯޑް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އާރު.ޑީ.ސީ) އާއެވެ.

އެމަސައްކަތް އެކުންފުންޏާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއެކޮށްފައިވަނީ، ޖެނުއަރީ 29 ވަނަ ދުވަހު، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު އިހަވަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް އިހަވަންދޫ ސްކޫލްގެ މަލްޓި ޕާޕޯސް ހޯލްގައި އޮތް ޖަލްސާގައެވެ. އެއްބަސްވުމުގައި ސްޕޯޓްސް އެންޑް ރެކްރިއޭޝަން މިނިސްޓްރީގެ ފަރާތުން ސޮއެކުރެއްވީ، މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަބްދުﷲ ރާފިއު އެވެ. އަދި އާރު.ޑީ.ސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއެކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް (ރޓޑ) ޢަލީ ޒުޙައިރުއެވެ.

މިނިސްޓަރ އޮފް ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިމަސައްކަތް އާރު.ޑީ.ސީއާ ހަވާލުކުރީ ކޮން އަގަކަށްކަމެއް އަދި ކިހާ މުއްދަތެއްގެ ތެރޭގައި ނިންމާގޮތަށްކަމެއް އަދި ސާފުވާގޮތެއް ނުވެއެވެ.