ބަޚްސީސްގައި ބައިވެރިވެގެން، ބާބަކިޔުހަޓުން 10 މީހަކަށް ކެއުމެއް ހޯދުމުގެ ފުރުސަތު!

ލުޤުމާން އަޙްމަދު

މިއަހަރުގެ ރަމަޟާން މަހުގެ ކޮންމެ ހިނިހިރު ދުވަހެއްގެ ހަވީރު، އިމަގު ޖަމިއްޔާ އަދި އިހަވަންދޫ.ކޮމް އިން ގެނެސްދޭ ބްޚްސީސް ޕްރޮގްރާމްގައި އަންނަ ހޮނިހިރު ދުވަހުގެ ބޮޑު އިނާމަކީ، ބާބަކިޔުހަޓުން ހުށަހަޅާފައިވާ 10 މީހަކަށް ކެއުމެއް ކަމަށް އިމަގު ޖަމިއްޔާއިން ހާމަކޮށްފިއެވެ.

އިހަވަންދޫގައި ހިންގާ ބައެއް ވިޔަފާރިތަކުގެ ބޮޑު އެހީތެރިކަމާއިއެކު ކުރިޔަށް ގެންދާ މި ޕްރޮގްރާމުގައި ގިނަ ހަދިޔާތަކެއް ޕްރޮގްރާމްގައި ބައިވެރިވާ ފަރަތްތަކަށް ދޫކޮށްލައެވެ.

ޕްރޮގްރާމްގައި ބައިވެރިވާ ފަރާތްތަކާއި ފުރަތަމަ ކުރާ ސުވާލަށް ރަނގަޅު ޖަވާބު ދެވިއްޖެ ނަމަ، ޕްރޮގްރާމާއިއެކު ކުރިޔަށް ދެވެއެވެ. ދެވަނަޔަށް ކުރަނީ ވަގުތުން އިނާމުލިބޭ ސުވާލެވެ. އެސުވާލަށް ރަނގަޅު ޖަވާބު ދީފިނަމަ ވަގުތުން އިނާމެއް ލިބެއެވެ. އެއަށްފަހު ދެންކުރަނީ ބޮޑު އިނާމުލިބޭ ގުރުއަތަށްދާ ސުވާލެވެ. އެސުވާލަށް ރަނގަޅު ޖަވާބު ދީފިނަމަ ބޮޑުއިނާމުގެ ގުރުއަތުގައި އެފަރާތެއް ހިމެނިގެން ދެއެވެ. މިދިޔަ ހަފުތާގެ ޕްރޮގްރާމްގައި ބޮޑު އިނާމުގެ ގޮތުގައި ދޫކޮށްލާފައިވަނީ ރަންކުނާ ފިހާރައިން ހުށަހެޅި ހޯމްތިއޭޓަރ ސިސްޓަމެކެވެ.

މި ޕްރޮގްރާމްގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން ހުކުރު ދުވަހުގެ 14:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ 14:00 އާއި ދެމެދު 9886681 ނަންބަރު ފޯނަށް އެސްއެމްއެސް ކޮށްގެންނެވެ.

ބަޚްސީސް ލައިވްކޮށް ދައްކާނީ އިމަގު ޖަމިއްޔާގެ ފޭސްބުން ޕޭޖްގެ އިތުރުން އިހަވަންދޫ.ކޮމް ގެ ފޭސްބުކް ޕޭޖުން އަދި އިހަވަންދޫ.ކޮމް ގެ ޔޫޓިޔުބް ޗެނަލްއިންނެވެ.

ޚިޔާލު ފައުޅުކުރުން

ރޯދަމަހު މިކަހަލަ ކަންކަން ކުރަނީ ކީއްވެބާއޭ ހިތަށްއަރާ..!