އިހަވަންދޫ ބަނަދަރުގައި އަޅާފައި އޮންނަތާ ގިނަދުވަސްވީ ކެޓަމަރާންގެ ވެރިޔަކު ހޯދަން ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާއިން އިއުލާންކޮށްފިއެވެ. އިއްޔަގެ ވަގުތެއްގައި އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ، ބަނދަރުގެ ހުޅަނގުދެކުނު ބޭރުތޮއްޓާއި ވީ ސަރަހައްދުގައި ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދާއި ޚިލާފަށް އަޅާފައިވާ އެ އުޅަނދުގެ ވެރިޔަކު ހޯދަން ބޭނުންވާކަމުގައެވެ،
އެއުޅަނދުގެ ވެރިޔަކުވާނަމަ 7 ދުވަސްތެރޭ އަކަން އިހަވަންދޫ ކައުންސިލަށް އެންގުމަށް، އިހަވަންދޫ ކައުންސިލުން ކޮށްފައިވާ އިއުލާނުގައިވެއެވެ. އަދި އެމުއްދަތުގައި ވެރިޔަކު ނުވެއްޖެނަމަ، އިހަވަންދޫ ކައުންސިލަށް ފެންނަގޮތެއްގެ މަތިން އެއުޅަނދާއިމެދު އަމަލުކުރާނެކަމަށް އިހަވަންދޫކައުންސިލުން ބުނެއެވެ.
އިހަވަންދޫ ކައުންސިލުން، ބަނދަރު ބެލެހެއްޓުމާއި ބެހޭ ޤަވާއިދަށް އަމަލުކުރަންފަށާފައިވާއިރު އެޤަވާއިދުގެ ދަށުން ބައެއް ފަރާތްތައް ޖޫރިމަނާކޮށް ފިޔަވަޅު އަޅަމުން އަންނަކަމަށް މައުލޫމާތު ލިބެއެވެ.