އިހަވަންދޫ ކައުންސިލުން ކްރޭން ލޮރީއެއް ގަންނަން އިއުލާންކުރި ބިޑް އެރިސްޑެކަރ އިން ކާމިޔާބުކޮށްފިއެވެ.
5 ޓަނުގެ ކްރޭން ލޮރީއެއް ސަޕްލައި ކޮށްދޭނެ ފަރާތެއް ހޯދަން އިހަވަންދޫ ކައުންސިލުން އިއުލާނުކުރީ، މިދިޔަ އަހަރުގެ އޮކްޓޯބަރ މަހުގެ 6 ވަނަ ދުވަހުއެވެ. 9 ފަރާތަކުން އެބީލަމުގައި ރަޖިސްޓްރީކުރި ނަމަވެސް، ބީލަން ހުށަހެޅީ 3 ފަރާތަކުންނެވެ. އެތިން ފަރާތުގެ ތެރެއިން ބީލަން ކާމިޔާބުކުރީ އެރިސްޑެކަރ އިންނެވެ.
އެރިސްޑެކަރ އިން ކްރޭން ލޮރީ ސަޕްލައިކުރުމަށް ހުށަހަޅާފައިވަނީ 1.45 މިލިއަން ރުފިޔާގެ އަގަކަށް، 85 ދުވަހުގެ ތެރޭގައި އެކަން ކުރާށެވެ. އެކުންފުނިން މީގެކުރިން އިހަވަންދޫ ކައުންސިލަށް އެކްސްކަވޭޓަރެ ސަޕްލައި ކޮށްދީފައިވާކަން ފާހަގަކުރެވެއެވެ.
އިހަވަންދޫ ކައުންސިލްގެ މިހިނގާ 4 ވަނަ ދައުރުގައި ކައުންސިލްގެ ވެހިކަލް ފުލީޓް ވަނީ ވަރަށްބޮޑަށް އިތުރުކޮށްފައެވެ. އެގޮތުން އެކްސްކަވޭޓަރާއި، ކްރޭންގެ އިތުރުން ލޮރީ ފަދަ އުޅަނދުތައްވަނީ ގެނެސްފައެވެ. ނަމަވެސް އެކަށީގެންވާގޮތުގައި އެތަކެތި މަރާމާތުކުރުމާއި، އެތަކެތި ބަހައްޓާނެ އެކަށީގެންވާ ގަރާޖެއް ކައުންސިލްގައި ނެތްކަން ފާހަގަކުރެވެއެވެ.