ފެނަކަ މިރޭ މެޗަށްވެސް ހާޒިރުނުވުމުން ޖޫރިމަނާއަކާއި ދީމާއަށް
އިހަވަންދޫގެ ސަރުކާރު އޮފީސްތަކާއި ކުންފުނިތަކުގެ މެދުގައިކުޅޭ އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ތިންވަނަ މެޗަށް ފެނަކަ ޓީމުން ހާޒިރު ވެފައިނުވާތީ އައި.އެސް.އޭޑީ.އެޗް.ސީ އަށް 3 ޕޮއިންޓާއި ފައިދާ އެއް ގޯލްކަމަށް ކަނޑައަޅައި މެޗް ނިންމާލައިފިއެވެ.
މިރޭގެ މެޗަށް ފެނަކަ ހާޒިރު ވެފައިނުވާއިރު، އެޓީމް ކުޅެންޖެހޭ ފުރަތަމަ މެޗަށް ހާޒިރުވިނަމަވެސް މެޗް ކުޅެފައެއް ނުވެއެވެ. ފެނަކައިން ރޭގެމެޗް ކުޅެން ދެކޮޅު ހެދުމުން މުބާރާތުގެ ޑިސްޕްލިނަރީ ކޮމިޓީއިންވަނީ އެޓީމަށް ނަސޭހަތްތެރިވެފައެވެ. އެގޮތުން ކުރިޔަށް އޮތްތަނުގައި އެފަދަ އަމަލެއް އެއްވެސް ޓީމަކުން ހިންގައިފިނަމަ އެޓީމެއް 500ރ އާއި 10000ރ އާއިދެމެދުގެ އަދަދަކުން ޖޫރިމަނާކުރާނެކަމަށްވެސް ޑިސްޕްލިނަރީ ކޮމިޓީއިންވަނީ ނިންމާފައެވެ. އަދި އެގޮތަށް ކުރެވޭ ޖޫރިމަނާއެއް ދެއްކުމަށްފަހުނޫނީ ކުރިޔަށް އޮތް މެޗްގައި ނުވަތަ މުބާރާތުގައިވެސް ނުކުޅެވޭގޮތަށް ސަސްޕެންޑް ކުރާނެކަމަށް މުބާރާތުގެ ޑިސްޕްލިނަރީ ކޮމިޓީއިންވަނީ ނިންމާފައެވެ. ފެނަކައިން މައްސަލަޖައްސަނީ، މުބާރާތުގައިކުޅޭ ޓީމްތަކުގެ ޓީމް ލިސްޓް ހުށަހަޅަންދިން މުއްދަތު ހަމަވިފަހުން ބައެއް ޓީމްތަކުގެ ލިސްޓަށް ބަދަލުގެނެސްފައިވާކަމަށްބުނެއެވެ.
މުބާރާތުގެ ހަތަރުވަނަ މެޗް މިރޭ 21:15 ގައި ފެށުމަށް ހަމަޖެހިފައިވާއިރު އެމެޗްގައި ބައްދަލުކުރާނީ ކްލަބް އައި.ޕީ.އެސް އާއި ސީ.އެމް.ސީ އެވެ.
އާމިނާ ދިޔޯ ހެލްތު ސެންޓަރު
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
އިހަވަންދޫ ސުކޫލް
އެމްޓީސީސީ
ފެނަކަ
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް
އިހަވަންދޫ މެޖިސްޓްރޭޓް ކޯޓް
ގުޅުން ހުރެދާނެ ލިޔުން
ފެނަކަ ޓީމުން ކުޅެން ދެކޮޅުހެދުމުން ޕޮލިހަށް 3 ޕޮއިންޓް
9 - އޮކްޓޯބަރު - 2022
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް 2022 މާދަމާރޭ ފަށަނީ
7 - އޮކްޓޯބަރު - 2022
ޕޮލިސް ބަލިކޮށް އައި.އެސް.އޭޑީ.އެޗް.ސީ ދެވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް
10 - އޮކްޓޯބަރު - 2022
ފަހަތުންއަރައި ޕޮލިސް ބަލިކޮށް ކައުންސިލް ސެމީއަށް
10 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖް ފަށައިފި
4 - ނޮވެމްބަރު - 2021
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފަސްކޮށްފި
15 - އޮކްޓޯބަރު - 2022
އައި.އެސް.އޭޑީ.އެޗް.ސީ ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ ފެށުން ރަނގަޅުކޮށްފި
9 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް