ޕްރައިވެޓައިޒޭޝަން ބޯޑްގެ ނައިބަށް ފިރާޟް އައްޔަންކޮށް ރުހުން ހޯދަން ފޮނުވައިފި
ހއ. އިހަވަންދޫ، އާޒާދީބަހާރު މުޙައްމަދު ފިރާޟް، ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސް ކަމުގެ މަޤާމަށް، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އައްޔާން ކުރައްވައިފިއެވެ.
ފިރާޟް އެމަޤާމަށް އައްޔަންކުރައްވައި، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯއްދެވުމަށް ފޮނުވާފައިވާ މައްސަލަ މިއަދުވަނީ އެޖެންޑާ ކޮށްފައެވެ. ރިޔާސަތުންވަނީ އެމައްސަލަ ދިރާސާކުރުމަށް ސްޓޭޓް އޮއުންޑް އެންޓަޕްރައިސަސް ކޮމިޓީއަށް ފޮނުވުމަށް ނިންމާފައެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގައި މިވަގު ތިއްބެވީ 5 މެމްބަރުންނެވެ. އެބޯޑްގެ ރައީސް އަކަށް ހުންނެވީ މުހައްމަދު އާސިމް އެވެ.
ސަރުކާރުގެ ހިއްސާ އޮންނަ ކުންފުނިތަކުގެ ކަންކަން ބެލެހެއްޓުމުގެ ޒިންމާ މަތިކޮށްފައި އޮންނަ މިނިވަން ވުޒާރާ، ޕިސީބީ ބޯޑަކީ 2013 ވަނަ އަހަރު އުފައްދައިފައިވާ ބޯޑެކެވެ. ބޯޑު އުފައްދައިފައިވަނީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒްކުރުމާއި ކޯޕަރަޓައިޒްކުރުމާއި އަދި މޮނިޓާކޮށް އިވެލުއޭޓްކުރުުމުގެ ގާނޫނުގެ ދަށުންނެވެ.
މުޙައްމަދު ފިރާޟް ވަނީ އިހަވަންދޫ ސްކޫލްގެ ޕްރިންސިޕަލްއެއްގެ ގޮތުގައިވެސް މަސައްކަތް ކުރައްވާފައެވެ. އެބޭފުޅާގެ ހިދުމަތް މިހާރުވެސް ބޮޑަށް ފެނިގެންދަނީ ތައުލީމީ ދާއިރާއިންނެވެ.
ގުޅުން ހުރެދާނެ ލިޔުން
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 : އިހަވަންދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ ނަސީރު
21 - އޭޕްރީލް - 2024
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
އިހަވަންދޫ ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަސައްކަތް ބަޖެޓްގައި ހިމަނައިފި
9 - ޑިސެމްބަރު - 2023
މަޖިލީހުން ފިރާޒަށް ރުހުން ދީފި
7 - ނޮވެމްބަރު - 2022
ޓެކްސް ގާނޫނަށް ގެންނަ އިސްލާހުތަކުގެ ހަގީގީ ނަތީޖާ ފެންނަން 3-4 އަހަރު ނަގާނެ - އެމްޕީ ނަސީރު
17 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
ފޮޓޯ: އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ފައިނަލް މެޗް
11 - އޮގަސްޓު - 2026
އެފްއޭއެމް ފުޓްސަލް ޗެމްޕިއަންޝިޕްގެ ހއ އަތޮޅުގެ ޗެމްޕިއަންކަން އިހަވަންދޫ ހޯދައިފި!
10 - އޮގަސްޓު - 2026
މާދަމާރޭގެ މެޗަށް ފިއްލަދޫ ޓީމް އިހަވަންދޫއަށް...
9 - އޮގަސްޓު - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް