އެމްޓީސީސީގެ މެޝިނަރީސް ބޭނުންކޮށްގެން އެމްޑީޕީ ހަރުގެ ހަދާކަމަށް ބުނާ މައްސަލަ އޭސީސީއަށް
އިހަވަންދޫގައި އެމްޑީޕީގެ ހަރުގެއައެއް ހެދުމަށް ބިން ސާފުކުރުމުގައި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ވެހިކަލްތައް ބޭނުންކުރާކަމަށްބުނެ އަމިއްލަ ފަރާތަކުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފިއެވެ.
އެފަރާތުން ހުށަހަޅާފައިވާ މައްސަލާގައި ބުނެފައިވަނީ. ހއ އިހަވަންދޫ ހަޒާރުމާގޭގައި އެމްޑީޕީން ހަދަމުންދާ ހަރުގެ ހެދުމަށް ބިން ސާފުކުރުމަށް، ނާޖާއިޒް ނުފޫޒު ފޯރުވައިގެން އެމްޓީސީސީގެ ވެހިކަތައް ބޭނުންކުރަމުން ދާކަމަށެވެ. އަދި މީގެ އިތުރުން ބުނެފައިވަނީ އިހަވަންދޫގައި ހަދަމުންދާ ޒުވާނުންގެ މަރުކަޒު އިމާރާތްކުރަމުންދާ ކުންފުނިން ފޮނުވާފައިވާ ތަކެތިން ބައެއް އެމްޑީ ހަރުގެ ހެދުމަށް ނަގާފައިވާ ކަމަށާއި އެކަމުގެ ސަބަބުން، އެއިމާރާތުގެ ފެންވަރު ދަށްވާނެކަމުގައެވެ.
މިކަމާއި ގުޅިގެން މިނޫހުން ހަޒާރުމާގޭ އަބުދުﷲ ހުސައިންއާއި ސުވާލުކުރުމުން ބުނީ، އެމްޓީސީސީ އިން އެއިމާރާތް ސާފުކުރަނީ ރުފިޔާ ދައްކައިގެންކަމުގައެވެ. "ހަމަ އެހެން މީހުންނަށްވެސް އެމްޓީސީސީއިން މަސައްކަތް ކޮށްދޭ އުސޫލުން އެކަން ހިނގަނީ" އަބުދުﷲ ހުސައިން ބުންޏެވެ. އަބުދުﷲ ބުނީ އެމަސައްކަތަށް މިހާތަނަށް 3700ރ ދައްކާފައިވާނެކަމުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
ރައީސް ނަޝީދާއި ފައްޔާޒު މާދަމާ އިހަވަންދޫއަށް ވަޑައިގަންނަވަނީ
22 - އޭޕްރީލް - 2026
އަރީބް، ޒާހިރު، ޝަނީޒާ އަދި ސުމާވެސް ދެވަނަ ދައުރަކަށް ކުރިމަތިލަނީ!
12 - ޑިސެމްބަރު - 2025
އިހަވަންދޫ އެމްޑީޕީ މެމްބަރުންގެ އަދަދު ބޮޑުތަނުން މަދުވެއްޖެ!
7 - ޑިސެމްބަރު - 2025
އިހަވަންދޫ ދާއިރާގެ ގޮނޑިއަށް ވާދަކުރަނީ ނަސީރު އަދި އާރިފް އެކަނި
17 - ފެބްރުއަރީ - 2024
އެމްޑީޕީގެ ކެމްޕޭނަށް އާރުޑީސީގެ މުވައްޒަފުންނާއި ވެހިކަލް ބޭނުންކުރާކަމަށް ބުނާ މައްސަލަ އޭސީސީއަށް
28 - ސެޕްޓެމްބަރު - 2023
އެމްބިއުލާންސަށް ދަތިވާކަމަށްބުނެ އެމްޑީޕީގެ ދިދަތަކެއް ނަގަން އުޅުމުން ހަމަނުޖެހުން
31 - އޮގަސްޓު - 2023
ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފެށުމުގެ އުފަލުގައި މިރޭ ހަވާއަރުވަނީ
30 - އޮގަސްޓު - 2023
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިހަވަންދޫއަށް ވަޑައިގެންފި
19 - ޖުލައި - 2023
ޕީޕީއެމް ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް އެމްޑީޕީ
9 - މޭ - 2023
އެމްޑީޕީ ރިޔާސީ ޕްރައިމަރީގެ ވޯޓުލުން އިހަވަންދޫގައި ކުރިޔަށް
28 - ޖެނުއަރީ - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް