Banner Image Description

ފަހުގެ ރަނަރަޕާއި ކުރީގެ ޗެމްޕިއަން އެއް ގުރޫޕަކަށް

އިބްރާހިމް ނަޝީދު

އިހަވަންދޫ ކުޑަދިންގެ ޕާކުގައި ރޭ ބޭއްވި 6 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ގުރުލުމުގައި މުބާރާތުގެ އެއްމެ ފަހުގެ ރަނަރަޕް “ނަފުސު ވަޔަށް ކެހޭ” އަދި 4 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ޗެމްޕިއަން “މާރަންދޫ ޔޫތު ސޮސައިޓީ” އެއް ގުރޫޕެއްގައި ހިމެނިއްޖެ އެވެ. މިދެޓީމު ގްރޫޕް A ގައި ލައްވާލާފައި ވާއިރު ދެން އެ ގްރޫޕުގައި ހިމެނެނީ އިހަވަންދޫ އިރުދެކުނު ފަރާތަށް ނިސްބަތްވާ “އެސް.އާރު ހީވެސް ނުކުރާތި ޑަރކު ޕޮއިންޓް” އާއި “ޖަންގަލް ޑަރކު ޕޮއިންޓް ނުވިކޭނަން” ގެ އިތުރުން “ހީވެސްނުވޭ” ޓީމެވެ.

ގްރޫޕް B ގައި 4 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތުގެ ރަނަރަޕް “އައި ކުލަބު” ގެ އިތުރުން ހިމެނެނީ “އިރުވެލި ފުޓުބޯލް ޓީމް” އާއި “އެން.ވީ.ކޭ ޕްލަސް” އާއި “ކުޅިމަގު” އަދި “ދޮންމަނިކު” ޓީމެވެ.

6 ވަނަ މައިކަޕް ފުޓުބޯޅަ މުބާރާތް 2012 ގެ މެޗުތައް ޝެޑިއުލް ކުރެވިފައިވާ ގޮތަށް ބަލައިލާއިރު މުބާރާތް ހުޅުވާ މެޗުގައި މާދަމާރޭ 20:30 ގައި ބައްދަލުކުރާނީ އިހަވަންދޫ އިރުދެކުނު ފަރާތަށް ނިސްބަތްވާ ދެޓީމު ކަމަށްވާ “އެސް.އާރު ހީވެސް ނުކުރާތި ޑަރކު ޕޮއިންޓް” އާއި “ޖަންގަލް ޑަރކު ޕޮއިންޓް ނުވިކޭނަން” އެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގެ މެޗުތައް 27 ޑިސެމްބަރ ގައި ނިމޭއިރު ފުރަތަމަ ސެމީ ފައިނަލާއި ދެވަނަ ސެމީ ފައިނަލް ކުޅުމަށް ހަމަޖެހިފައިވަނީ 29 ޑިސެމްބަރ ވާ ހޮނިހިރު ދުވަހު އެވެ. އަދި މުބާރާތުގެ ފައިނަލް މެޗް އޮންނާނީ 31 ޑެސެމްބަރ ވާ ހޯމަދުވަހުގެ ހަވީރު އެވެ.

މިމުބާރާތުގެ ހުރިހާ މެޗެއްވެސް ކުޅުމަށް ހަމަޖެހިފައިވަނީ އިހަވަންދޫ ހުރަވީ ދަނޑުގަ އެވެ.