އެފް.އެސް.އެމް އިން ޕެޓްރޯލް ހުސްވެ އިހަވަންދޫގައި ޕެޓްރޯލްގެ އަގު 12.35 ރުފިޔާ ބޮޑުވެއްޖެ!

މުޙައްމަދު އަކުރަމް

އިހަވަންދޫގައި ހުންނަ އެފްއެސްއެމްގެ ފިޔުލް ޝެޑުން ޕެޓްރޯލް ހުސްވުމާއިއެކު އިހަވަންދޫގައި ޕެޓްރޯލްގެ އަގު ވަރަށް ބޮޑުވެއްޖެއެވެ.

އިހަވަންދޫގައި އެފްއެސްއެމް އިން އެއްގަމު އުޅަނދުތަކަށް ޕެޓްރޯލް ވިއްކަމުންއައީ 16.59 ރުފިޔާއަށެވެ. އެފްއެސްއެމްގެ ފިޔުލް ޝެޑުން ޕެޓްރޯލް ހުސްވުމާއިއެކު މިހާރު އިހަވަންދޫގައި ޕެޓްރޯލް ލިބެންހުރީ 28.94 ރުފިޔާ އަށެވެ. މިއީ 12.35 ރުފިޔާގެ ބޮޑުވުމެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، އެފް.އެސް.އެމް އިހަވަންދޫ ފިއުލް ޝެޑްގައި 24 ހާހެއްހާ ލީޓަރުގެ ޕެޓްރޯލް ރައްކާކުރެވެއެވެ. އެފް.އެސް.އެމް އިހަވަންދޫ ފިއުލް ޝެޑް ހުޅުވާއި ހިދުމަތްދޭން ފަށާފައިވަނީ ފެބުރުއަރީ މަހުގެ 25 ވަނަ ދުވަހުއެވެ. ހިދުމަތް ފެށުމަށް ގެނައި ޝިޕްމަންޓްގެ އިތުރަށް، އިތުރު ޝިޕްމަންޓެއް އަދި ނުގެންނަ ކަމަށްވެއެވެ.

އިހަވަންދޫއިން  އެސްޓީއޯ ރޭޓުގައި ތެޔޮ ލިބޭނެ އިންތިޒާމް ހަމަޖެއްސުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިހަވަންދޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ރިޔާސީ ވައުދެކެވެ.