އިހަވަންދޫގައި މަސްގަންނާނެ ފެސިލިޓީއެއް ގާއިމުކުރަން މިދަނީ މަޝްވަރާކުރަމުން: ޝިފާޢު

އަޙްމަދު ޢާޞިމް

އިހަވަންދޫގައި މަސްގަންނާނެ ފެސިލިޓީއެއް ގާއިމުކުރަން މަޝްވަރާ ކުރަމުން ދާކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރ އަލްފާޟިލް މުޙައްމަދު ޝިފާޢު ވިދާޅުވެއްޖެއެވެ.

މަސްވެރިންގެ ދުވަހުގެ ތަހުނިޔާ މަސްވެރިންނަށް ދަންނަވާ އިހަވަންދޫ ދާއިރާގެ އިއްޒަތްތެރި މެމްބަރު އަޙްމަދު ޝިފާޢު ވިދާޅުވީ  މިއަރުގެ މަސްވެރިންގެ ދުވަސްފާހަގަ ކުރާއިރު މަސްވެރިން ތިބީ އިންތިހާއަށް ދަތީގަ ކަމަށާއި، އެހެންނަމަވެސް 2021 ވަނަ އަހަރުގެ ބަޖެޓުގައި އުންމީދީ ބަދަލުތަކެއް ކޮށްފައިވާ ކަމަށެވެ.

އަދި އިތުރަށް އެމަނިކުފާނު ވިދާޅުވެފައިވަނީ ސަރުކާރުގެ ތަސައްވަރާ އެއްގޮތަށް މަސްވެރިންގެ ސިނާއަތު ތަރައްޤީވެ މަސްވެރިންނަށް މަސްކޮޅު ކިރާލެވޭނެ ދުވަހެއް ދާދިއަވަހަށް ފެންނާނެކަމަށާއި، މިދަތިން އަރާގަނެވި، މަސްވެރިންގެ ސިނާއަތަށް ގައުމުގެ ހައްޤު މަގާމު ލިބިގެންދާނެކަމަށެވެ. އަދި އޭގެ އިތުރަށް މެމްބަރު ޝިފާއު ވިދާޅުވީ އުތުރުގެ މަސްވެރިންނަށް ދޭންބޭނުންވާ އުފާވެރި ހަބަރަކީ ރައީސުލްޖުމުހުރިއްޔާވެފައިވާ ވައުދާ އެއްގޮތަށް އިހަވަންދޫގައި މަސްގަންނާނެ ފެސިލިޓީއެއް ގާއިމުކުރުމާބެހޭ މަޝްވަރާ ސަރުކާރާއެކު އެމަނިކުފާނު ކުރިއަށް ގެންދާކަމަށެވެ.