އިހަވަންދޫން މީހަކު ޕޮޒިޓިވް ވުމާއިއެކު އައު ފިޔަވަޅުތަކެއް

ޢަބުދުﷲ ޙަމީދު

މާލެއިން އިހަވަންދޫއަށް އައިސް ހޯމް ކަރަންޓީނުގައި ހުރި މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އިތުރު ދެ މީހަކާއިއެކު ކަރަންޓީން ވެފައިވާ އެމީހަގެ ސާމްޕަލް ނަގައި ކޮވިޑަށް ޓެސްޓް ކޮށްފައިވަނީ އެމީހާގެ ފަރާތުން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިގެންނެވެ.

އިހަވަންދޫއިން ކޮވިޑަށް މީހަކު ޕޮޒިޓިވް ވެފައިވާއިރު، އިހަވަންދޫ ކޮވިޑް ޓާސްކް ފޯހުންވެސްވަނީ އިތުރު ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން ރަށަށް ހޯމް ކަރަންޓީނަށް އަންނަފަރާތްތަކުން ކަރަންޓީންގެ އުސޫލުތަކަށް ފުރިހަމައަށް ބޯލެނބުމަށް ހަނދާން ކޮށްދީފައިވާއިރު، އެފަދަ ފަރާތެއް ކަރަންޓީން އުސޫލާ ހިލާފްވާކަން އެނގިޖެއްނަމަ އިހަވަންދޫ ޕޮލިސް ސްޓޭޝަންއަށް ރިޕޯޓު ކުރުމަށްވެސް ވަނީ އެދިފައެވެ. މީގެ އިތުރުން ކަރަންޓީނަށް އަންނަ ފަރާތްތަކުން 72 ގަޑީއިރުކުރިން އެޗްޕީއޭގެ ހާލުބެލުން ޕޯޓަލްގައި ދަތުރު ހުއްދަޔަށް ރިކްއެސްޓްކުރުމަށްވެސްވަނީ އަންގާފައެވެ.

މިހާތަނަށް އިހަވަންދޫއިންވަނީ 1173 ސާމްޕަލެއް ނަގާފައެވެ. އޭގެތެރެއިން މިހާތަނަށް ޕޮޒިޓިވް ވެފައިވަނީ 21 ސާމްޕަލެކެވެ.