ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ ނަމުގައި ފުޓްސަލް މުބާރާތެއް ބާއްވަނީ
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކަލްބް “ސާކް” އިން ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ ނަމުގައި ފުޓްސަލް މުބާރާތެއް ބައްވަން އިއުލާންކޮށްފިއެވެ.
ސާކްގެ އެގްޒެކްޓިވް ޑައިރެކްޓަރ މުހައްމަދު ނާޔިފް މައުލޫމާތު ދެއްވި ގޮތުގައި، ހއ، ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން ކުރިޔަށްގެންދާ މިމުބާރާތުގެ ޗެމްޕިއަން ޓީމަށް 25 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު ރަނަރަޕް ޓީމަށް 7 ހާސް ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވެއެވެ. މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ޖުލައި މަހުގެ 20 ވަނަ ދުވަހުއެވެ. ބޮޑުތިލަދުންމައްޗަށް ހުޅުވާލައިގެން ބާއްވާ އެންމެ ބޮޑުއެއް ފުޓްސަލް މުބާރާތް ބޭއްވުމުގެ މަގުސަދަކީ ޒުވާން ކުޅުންތެރިން އުފެއްދުމާ، ކުޅުންތެރިންނަށް ފުރުސަތުތައް ހޯދައިދިނުންކަމަށް ނާޔިފް ބުންޏެވެ.
ނާޔިފް މައުލޫމާތު ދެއްވި ގޮތުގައި މިމުބާރާތާގުޅޭ އެންމެ ފަހުގެ މައުލޫމާތު ސާކްގެ ފޭސްބުކް ޕޭޖުން އަދި އިންސްޓަ ގްރާމް އެކައުންޓުން ފޯރުކޮށްދެމުން ދާނެއެވެ. އަދި މިހަފުތާގެ ތެރޭގައި މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާނެއެވެ.
އިހަވަންކަޕް ނިންމުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ކްލަބް ޕޯލްސްޓަރގެ ރައީސް މުހައްމަދު ސުޖާއުވަނީ ހއ،ހދ އަދި ށ އަތޮޅުގެ ރަށްތަކަށް ހުޅުވާލައިގެން، މިސަރަހައްދުގައި ބޭއްވޭ އެންމެ އަގުބޮޑު ފުޓްސަލް މުބާރާތް މިއަހަރުގެ ޖުލައި މަހު ބާއްވާނެކަމަށް އިއުޢުލާން ކޮށްފައެވެ.
ހއ. އިހަވަންދޫ
ކުލަބު ޕޯލްސްޓަރ
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖް
ގުޅުން ހުރެދާނެ ލިޔުން
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގެ ކޭޓަރިންގް ޕާރޓްނަރަކަށް ބާބަކިޔުހަޓް
5 - ޖުލައި - 2023
ބޮޑުތިލަދުންމަތީ ފުޓްސަލް ޗެލެންޖްގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
13 - މޭ - 2023
ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް މޭ 10 ގައި ފަށަނީ
14 - މާރިޗު - 2024
ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ޗެމްޕިއަންކަން ޔުނައިޓެޑް ޔޫތް ހޯދައިފި
1 - އޮގަސްޓު - 2023
ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް
30 - ޖުލައި - 2023
ސަޕޯޓަރުން ޓީމާއިއެކު ތިބިއްޔާ މީއަހަރެމެންގެ ތައްޓެއް – ނައިވާދޫ ކޯޗް
30 - ޖުލައި - 2023
ނައިވާދޫގެ ރީތިކުޅުން ސެމީ ފައިނަލުން ފެނިދާނެބާ؟
28 - ޖުލައި - 2023
މިނުކުންނަނީ ޔުނައިޓެޑް ޔޫތް ބަލިކުރެވޭނެކަމުގެ %100 ޔަޤީން ކަމާއިއެކު : އިރުޝާދު
28 - ޖުލައި - 2023
ފައިނަލާއި މެދު އުއްމީދު އެބައޮތް – ޔުނައިޓެޑް ޔޫތްގެ ކޯޗް ފަޔާޒް
28 - ޖުލައި - 2023
ވަރުގަދަ ހަނީމާދޫ ސެމީގައި ނައިވާދޫއާ ދެކޮޅަށް
28 - ޖުލައި - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް