ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
މުޙައްމަދު އަކުރަމް
10 - މޭ - 2023
ދިވެހި ފުލުހުންގެ 90 ވަނަ އަހަރީ ދުވަހާއި، މިއަހަރުގެ ކުޑަކުދިންގެ ދުވަހާއި ގުޅުވައިގެން ކުރިޔަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަން އިއުލާންކޮށްފިއެވެ. މި އާއިލީ ހަވީރު ކުރިޔަށްދާނީ މިމަހުގެ 13 ވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 އިން ފެށިގެން 18:00 އަށް އިހަވަންދޫ ޕޮލިސް ސްޓޭޝަން ކުރިމަތީގައެވެ.
މިހަރަކާތަކީ އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި އިހަވަންދޫގައި ހަރަކާތްތެރިވާ އެންޖީއޯ ތަކުގެ އިތުރުން އިހަވަންދޫގެ މުއައްސަސާތަކާއި، ސަރުކާރުގެ ކުންފުނިތަކާއި އަދި ވިޔަފާރިތަކުގެ އެހީގައި ކުރިޔަށްގެންދާ ހަރަކާތެކެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި މިއާއިލީ ހަވީރުގައި 12 ސްޓޯލެއްގައި ކުޅިވަރު ހަރަކާތްތައް ކުރިޔަށްދާނެއެވެ. މީގެއިތުރުން ކޮންމެ ސްޓޯލެއް ސްޕޮންސާކޮށްފައިވާ ފަރާތުން ދޫކުރާ ހަދިޔާ އެކަކަށްވުރެގިނަ ފަރާތްތަކަށް ލިބިގެންދާއިރު ބޮޑު އިނާމުގެ ގޮތުގައި ގިނަ އިނާމްތަކެއް ނަސީބުވެރި ފަރާތްތަކަށް ދިނުމަށް ހަމަޖެހިފައިވެއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މިއާއިލީ ހަވީރަށް ޒިޔާރަތްކުރާ ކޮންމެ ކުއްޖަކަށްވެސް ހަދިޔާ ޕެކެއް ލިބިގެން ދާނެއެވެ. އަދި ކޮންމެ ސްޓޯލެއްގައިވެސް ހަރަކާތްތަކުގައި ބައިވެރިވާ ކުދިންނަށް އަދި އާއިލާތަކަށް ހަދިޔާ ލިބިގެންދާނެއެވެ. އެހެން އަހަރު ތަކާއި ހިލާފަށް މިއަހަރުގެ، ސްޓޯލްތަކުގައި ވަކިވަކި ކުދިންނަށް ބައިވެރިވެވޭގޮތަށް ކުރިޔަށް ގެންދާ ހަރަކާތްތަކާ އާއިލާތަކުގެ މެދުގައި ބޭއްވޭ ހަރަކާތްތައްވެސް ކުރިޔަށް ގެންދިއުމަށް ރާވާފައިވެއެވެ.
އިހަވަންދޫ ޕޮލިސް ސްޓޭޝަނުން އިސްނަގައިގެން މީގެކުރިންވެސް ކާމިޔާބު އާއިލީ ހަވީރުތައް ބާއްވާފައިވެއެވެ. އިންތިޒާމް ކޮށްފައިވާ ގޮތަށް މިއިވެންޓް ކުރިޔަށް ގޮސްފިނަމަ މިއީ މިހާތަނަށް، ހުރިހާ މުއައްސަސާއަކާއި ހެއޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއިއެކު އިހަވަންދޫގައި ބޭއްވޭ މިފަދަ އެންމެ ބޮޑު ހަރަކާތަށް ވެގެންދާނެއެވެ. މިއިވެންޓް މިނޫހުގެ ފޭސްބުކް ޕޭޖުން އަދި ޔޫޓިއުބް ޗެނަލުން ލައިވް ކުރާނެއެވެ.
އާމިނާ ދިޔޯ ހެލްތު ސެންޓަރު
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
އިހަވަންދޫ ސުކޫލް
ކުލަބު ޕޯލްސްޓަރ
އިހަވަންދޫ ޕޮލިސް
ޔުނިޓީ
ބޭންކް އޮފް މޯލްޑިވެސް
އިހަވަންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ
ގުޅުން ހުރެދާނެ ލިޔުން
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
ޗެމްޕިއަންކަން ހޯދައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމަކަށް ޕޮލިސް
16 - އޮކްޓޯބަރު - 2022
އިންޓަރ އޮފީސް ފުޓްސަލް ޗެލެންޖްގެ ފައިނަލް މެޗް ފަސްކޮށްފި
15 - އޮކްޓޯބަރު - 2022
ސީ.އެމް.ސީ ބަލިކޮށް ޕޮލިސް ފައިނަލަށް
13 - އޮކްޓޯބަރު - 2022
ފައިނަލްގެ ފުރަތަމަ ޖަގާ އައި.އެސް.އޭޑީ.އެޗް.ސީ އަށް
12 - އޮކްޓޯބަރު - 2022
އައި.އެސް.އޭޑީ.އެޗް.ސީ ކޮޅަށް 4 ގޯލް ޖަހައި ސީ.އެމް.ސީގެ ފެށުން ރަނގަޅުކޮށްފި
9 - އޮކްޓޯބަރު - 2022
ފެނަކަ ޓީމުން ކުޅެން ދެކޮޅުހެދުމުން ޕޮލިހަށް 3 ޕޮއިންޓް
9 - އޮކްޓޯބަރު - 2022
ކޮމެންޓް
އަދި ކޮމެންޓެއް ނެތް