Banner Image Description

އިހަވަންދޫން ކާޅައި ވައު މަދުކުރަނީ

އިބްރާހިމް ނަޝީދު

އިހަވަންދޫ ކައުންސިލް އިދާރާއާއި އެމް.އެން.ޑީ.އެފް ގެ ނޮދަރން އޭރިޔާ ގުޅިގެން އިހަވަންދޫގައި ކާޅާއި ވައު މަދުކުރުމުގެ ހަރަކާތެއް ކުރިއަށް އެބަގެންދެއެވެ.

އިހަވަންދޫ ކައުންސިލްގެ ރައީސް އަލްފާޟިލް މުޙައްމަދު ސަމީރު ވިދާޅުވީ، މިއަދު 12:00 ން މިރޭ 8:00 ށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކާޅާއި ވައު މަދުކުރުމުގެ މިހަރަކާތަކީ ކާޅާއި ވައުގެ ސަބަބުން އިހަވަންދޫގެ އިމާރަތްތަކަށާއި ރައްޔިތުންނަށް ތަފާތު ތުރާތަކާއި ގެއްލުންތައް ކުރިމަތިވަމުންދާތީ ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

ކާޅާއި ވައު މަދުކުރުމުގެ ހަރަކާތެއް އިހަވަންދޫގައި މިއަދު ކުރިއަށް ގެންދާއިރު ކާޅާއި ވައުގެ ސަބަބުން އިހަވަންދޫގެ ބައެއް ގެ ތަކާއި މިސްކިތްތަކުގެ ފާރު ހަޑި ވަމުންދާއިރު ގެ ތަކުގައި ހައްދާފައި ހުރި މޭވާ އަޅާ ގަސްގަހުގައި ހުންނަ މޭވާއަށް ބޮޑެތި ގެއްލުންތައް ލިބުން އިތުރު ވެފައިވާކަން ވަނީފާހަގަ ކުރެވިފަ އެވެ.