ރަސްތަރި ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި...
މުޙައްމަދު އަކުރަމް
16 - ނޮވެމްބަރު - 2024
އިހަވަންދޫ ކައުންސިލުން ބާއްވާ، ރަސްތަރި ޤުރުއާން މުބާރާތް 2024 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. އަންނަ މަހުގެ 5 އިން 9 އަށް ބޭއްވުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ، މިމަހުގެ 21 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށެވެ.
މިމުބާރާތް ކުރިޔަށް ގެންދަނީ 3 ރައުންޑަކަށެވެ. ފުރަތަމަ ރައުންޑާއި ދެ ވަނަ ރައުންޑަކީ އެލިމިނޭޝަން ރައުންޑެވެ. 3 ވަނަ ރައުންޑަކީ ފައިނަލް ރައުންޑެވެ. ދެ ވަނަ ރައުންޑަށް ހޮވޭނީ ފުރަތަމަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 10 ބައިވެރިންނެވެ. އަދި ފައިނަލް ރައުންޑަށް ހޯވޭނީ ދެ ވަނަ ރައުންޑުން އެންމެ މަތިން މާކުސް ހޯދާ 5 ބައިވެރިންނެވެ.
މުޅި މުބާރާތުން އެއްވަނަ ހޯދާ ފަރާތަށް 10،000 ރ ގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ދެ ވަނައަށް 7000ރ އަދި ތިންވަނައަށް 5000ރ ގެ ފައިސާގެ އިނާމުވަނީ ހުށަހަޅާފައެވެ.
ރަސްތަރި މުބާރާތް ފުރަތަމަ ބޭއްވީ 2022 ވަނަ އަހަރުއެވެ. އެފަހަރުގެ މުބާރާތް ކުރިޔަށް ގެންދިޔައީ "އިހަވަންދިއްޕޮޅު ރަސްތަރި" މުބާރާތުގެ ނަމުގައި ހއ އަތޮޅުގެ ރަށްތަކަށް ދައުވަތު ދީގެންނެވެ. އެފަހަރުގެ މުބާރާތުގައި 8 ރަށަކުން ބައިވެރިވިއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް.
ގުޅުން ހުރެދާނެ ލިޔުން
ޖެހިޖެހިގެން 3 ވަނަ ފަހަރަށް ރަސްތަރިޔަކަށް ޔައިޝާ!
30 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 5 ބައިވެރިން ހޮވައިފި!
28 - ނޮވެމްބަރު - 2025
ރަސްތަރި ޤުރްއާން މުބާރާތް 2025: ގަދަ 10 ބައިވެރިން ހޮވައިފި!
27 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގެ ބައިވެރިން އިހަވަންދޫއަށް އަންނަންފަށައިފި
26 - ނޮވެމްބަރު - 2025
ރަސްތަރި މުބާރާތުގައި 7 ރަށަކުން ވާދަކުރަނީ!
17 - ނޮވެމްބަރު - 2025
ރަސްތަރި ޤުރުއާން މުބާރާތް 2025 ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި
25 - އޮކްޓޯބަރު - 2025
އިންޓަނޭޝަނަލް ފެންވަރަށް އިހަވަންދޫ ކުދިން ޤުރުއާން އެބަކިޔަވާ - އަލްގާރީ އަހްމަދު ތައުފީގް
10 - ޑިސެމްބަރު - 2024
މިފަހަރުވެސް ރަސްތަރިއަށް ހޮވުނީ ޔައިޝާ
8 - ޑިސެމްބަރު - 2024
ރަސްތަރި ޤުރުއާން މުބާރާތް: ގަދަ 5 ބައިވެރިން ހޮވައިފި
7 - ޑިސެމްބަރު - 2024
ރަސްތަރި ޤުރުއާން މުބާރާތް: ފުރަތަމަ ބުރުގެ ނަތީޖާ ފާޅުކޮށްފި
6 - ޑިސެމްބަރު - 2024
ކޮމެންޓް
އަދި ކޮމެންޓެއް ނެތް