މައިކަޕްގެ ޗެމްޕިއަންކަން ހޯދައި އެންވީކޭ، މައިކަޕްގެ އެންމެ ކާމިޔާބު ޓީމުތަކުގެ ލިސްޓަށް!
މުޙައްމަދު އަކުރަމް
2 - ޖެނުއަރީ - 2025
ބިއުޓިފުލް ބްލޫ މައިކަޕް 2024 ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ ހޯދައިފިއެވެ. މިމުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ ހޯދީ މިރޭކުޅުނު ފައިނަލް މެޗްގެ ފުރިހަމަ ވަގުތު ހަމަވިއިރު، އެންވީކޭ އަދި ކުޅިމަގު 1-1 އިން އެއްވަރުވުމުން ޖެހި ޕެނަލްޓީގައި 5-6 އިން ކުރި ހޯދައިގެންނެވެ.
މިއީ މިމުބާރާތުގެ ޗެމްޕިއަންކަން އެންވީކޭ ހޯދި ދެވަނަ ފަހަރެވެ. އެހެންކަމުން އެޓީމް މިވަނީ މައިކަޕްގެ އެންމެ ކާމިޔާބު ޓީމްތަކާއި އެއްހަމަކޮށްފައެވެ. އެންވީކޭގެ އިތުރުން މައިކަޕްގެ ތަށި ދެ ފަހަރު ކާމިޔާބުކޮށްފައިވަނީ ޖަންގަލް، މާރަންދޫ ޔޫތް ސޮސައިޓީ އަދި ޔުނައިޓެޑް ޔޫތްއެވެ. އެންވީކޭ މިމުބާރާތުގެ ޗެމްޕިއަންކަން ފުރަތަމަ ހޯދީ 2012 ވަނަ އަހަރުއެވެ. ދެވަނަފަހަރަށް އެޓީމަށް ތަށި މިހޯދުނީ އޭގެ 12 އަހަރު ފަހުންނެވެ.
މިމެޗްގެ ފުރަތަމަ ހާފްގެ 12 ވަނަ މިނެޓްގައި އެންވީކޭގެ ޖާޒީ ނަންބަރު 29 ނާއިޝް ގޯލެއް ޖަހައި ލީޑް ނެގިއެވެ. ނަމަވެސް ފަހު ހާފްގެ 15 ވަނަ މިނެޓްގައި ކުޅިމަގު ޓީމްގެ ޖާޒީ ނަންބަރު 4 ގާސިމް ސަމާމް ގޯލެއްގެ ޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. ފައިނަލް މެޗްގެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ، ޕެނަލްޓީ ޝޫޓް އައުޓްގައި ދެ ޕެނަލްޓީ ސޭވްކުރި އެންވީކޭގެ ގޯލް ކީޕަރު އިބްރާހިމް އާޒިމްއެވެ.
މުބާރާތުގެ އެންމެ އަހްލާގް ރަނގަޅު ކުޅުންތެރިޔާއަށް ހޮވުނީ ކުޅިމަގު ޓީމްގެ ސައުދުﷲ އަބުދުއް ރަޝީދެވެ. އެންމެ އުންމީދީ ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭ ޓީމްގެ ނާއިޝްއެވެ. އެންމެ މޮޅު ޑިފެންސް ކުޅުންތެރިޔާއަށް ހޮވުނީ ކުޅިމަގު ޓީމްގެ ގާސިމް ސަމާމްއެވެ. އެންމެ މޮޅު ފޯވާޑަށް ހޮވުނީ ކުޅިމަގު ޓީމްގެ އާދަމް ނާއިލްއެވެ. މިމުބާރާތުގެ އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާއަށްވެސް ހޮވުނީ އޭނާއެވެ. އޭނާވަނީ މިމުބާރާތުގައި 10 ގޯލް ޖަހާފައެވެ. އެންމެ މޮޅު މިޑްފީލްޑް ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭ ޓީމްގެ، އައިހަމްއެވެ. މިމުބާރާތުގެ އެންމެ މޮޅު ކީޕަރަށާއި މިމުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ހޮވުނީ އެންވީކޭގެ ކީޕަރު އިބްރާހިމް އާޒިމްއެވެ. މުބާރާތުގެ އެންމެ މޮޅު ކޯޗަށް ހޮވުނީ އެންވީކޭގެ ކޯޗް ހަމްޒާ އިބްރާހިމްއެވެ. މުބާރާތުގެ ފެއަރޕްލޭ ޓީމަށް ހޮވުނީ ތުރާކުނު ރެކްރިއޭޝަން ކުލަބެވެ.
މިމުބާރާތުގެ ޗެމްޕިއަން ޓީމް އެންވީކޭއަށް 100،000ރ ދީފައިވާއިރު، ރަނަރަޕް ކުޅިމަގު ޓީމަށް 35،000ރ ވަނީ ދީފައެވެ. މިއަހަރު ބޭއްވި މައިކަޕް ފުޓްބޯޅަ މުބާރާތުގެ ޓައިޓަލް ސްޕޮންސަރ ކޮށްފައިވަނީ ބިއުޓިފުލް ބްލޫއެވެ.
ގުޅުން ހުރެދާނެ ލިޔުން
ހަވާ އެރުވުމާއިއެކު މައިކަޕްގެ ފައިނަލް މިރޭ!
1 - ޖެނުއަރީ - 2025
ހީވެސްނުވޭ އަތުން ބަދަލު ހިފައި، ކުޅިމަގު ފުރަތަމަ ފަހަރަށް މައިކަޕްގެ ފައިނަލަށް
30 - ޑިސެމްބަރު - 2024
އިހަވަންދޫ ޓީމެއްނެތި، މައިކަޕްގެ ފައިނަލެއް އަދި ނުކުޅޭ!
30 - ޑިސެމްބަރު - 2024
މައިކަޕް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު!
27 - ޑިސެމްބަރު - 2025
މައިކަޕް 2025: ފުރަތަމަ މެޗްގައިފެންނާނީ އެންވީކޭ އަދި ޔޫތް
20 - ޑިސެމްބަރު - 2025
ހޯރަ ޔުނައިޓެޑްގެ ސަޕޯޓަރުންނާއި ކުޅުންތެރިން މާރާމާރީހިންގި މެޗުން އެންވީކޭ މޮޅުވީކަމަށް ނިންމައިފި
31 - ޑިސެމްބަރު - 2024
މައިކަޕްގެ އެންމެ ކާމިޔާބު ކޯޗް ހަމަޒާ، މިފަހަރު ފެންނާނީ އެންވީކޭ އިން!
13 - ޑިސެމްބަރު - 2024
މިއަދުގެ މެޗްތަކުން ނާވައިދޫ، ކުޅިމަގު އަދި ޔުނައިޓެޑްޔޫތް މޮޅުވެއްޖެ
23 - ޖުލައި - 2023
މައި ކަޕް 2019: ޔުނައިޓެޑް ޔޫތު ފައިނަލަށް
18 - ޑިސެމްބަރު - 2019
މައި ކަޕް 2019: ހީވެސްނުވޭ ސްޕޯޓްސް ކުލަބުގެ ފުރަތަމަ އަހަރު ފައިނަލަށް
18 - ޑިސެމްބަރު - 2019
ކޮމެންޓް
އަދި ކޮމެންޓެއް ނެތް