ހޯރަފުށިން އެކުލަވައިލި ކޮމިޓީތައް ސައްހަ، ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުން ރަނގަޅު، މުބާރާތް މެދުކަނޑައިލި ހިސާބުން ފަށަނީ!
ހއ. ހޯރަފުށީގައި މިހާރު ކުރިއަށްދާ “ތިލައުތުރު ވޮލީ މުބާރާތް 2025” ގައި ޖެހިފައިވާ މައްސަލަޔާއި ގުޅިގެން މުބާރާތުގެ ޑިސްޕްލިނަރީ ކޮމިޓީން ނިންމައިފައިވާ ނިންމުން ރަނގަޅުކަމަށް ހއ އަތޮޅު ކައުންސިލުން ނިންމައިފިއެވެ. އަތޮޅުކައުންސިލުން މިގޮތަށް ނިންމީ، މިއަދު ބޭއްވި އެކައުންސިލްގެ 4 ވަނަ ދައުރުގެ ތިންވަނަ ކުއްލި ބައްދަލުވުމުގައެވެ.
ހއ އަތޮޅު ކައުންސިލުން ނިންމާފައިވަނީ މިމަހުގެ 26 ވަނަ ދުވަހު ތިލައުތުރު ވޮލީބޯޅަ މުބާރާތުގައި ހއ. ދިއްދޫ ޓީމްގެ ޖާޒީ ނަންބަރު 13 އާއި މެދު ޑިސިޕްލިނަރީ ކޮމެޓީން ނިންމި ނިންމުމަކީ ރަނގަޅު ނިންމުމެއް ކަމަށާއި، މުބާރާތާއި ގުޅޭގޮތުން މުބާރާތް ހޯސްޓްކުރާ ހޯރަފުށި ކައުންސިލުން އެކުލަވާލާފައިވާ ކޮމިޓީ ތަކަކީ ސައްހަ ކޮމިޓީ ތަކެއްކަމުގައެވެ. އަތޮޅުކައުންސިލްގެ 14 މެމްބަރުންގެ ތެރެއިން 12 މެމްބަރުން މިނިންމުމާ އެއްކޮޅަށް ވޯޓް ދީފައިވާއިރު، މިނިންމުމާއި ދެކޮޅަށް ވޯޓް ދީފައިވަނީ އަތޮޅު ކައުންސިލްގެ ރައީސްގެ އިތުރުން ދިއްދޫ ކައުންސިލްގެ ރައީސް އެކަންޏެވެ.
މިމުބާރާތުގައި މައްސަލަ ޖެހިގެންއުޅެނީ، މުބާރާތުގައި ބައިވެރިވި ދިއްދޫޓީމްގައި މުބާރާތުގެ ޤަވާއިދު ނަންބަރު 4 ވަނަ މާއްދާގެ (ހ) އާއި ހިލާފަށް ކުޅުންތެރިޔަކު ޖައްސާފައިވާ ކަމަށްބުނާ މައްސަލަ ފެންމަތިވި ހިސާބުންނެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، އެމައްސަލާގައި ޑިސްޕްލިނަރީ ކޮމިޓީއިން ނިންމާފައިވަނީ އެކުޅުންތެރިޔާ ހިމަނައިގެން ދިއްދޫއިން އެހާތަނަށް ކުޅެފައިވާ މެޗްތައްވަނީ އިދިކޮޅަށް ކުޅުނު ޓީމަށް 3-0 ސެޓްއިން ލިބުނު ކަމަށާއި ދެން އެޓީމް ކުޅޭމެޗްތަކުގައި އެކުޅުންތެރިޔާއަށް ނުކުޅެވޭނެކަމަށެވެ.
ދިއްދޫއިން މިހާތަނަށް މިމުބާރާތުގައި ދެ މެޗެއް ކުޅެފައިވެއެވެ. އެއީ މުރައިދޫއަތުން 3-0 ބަލިވި މެޗާއި ހޯރަފުށި އަތުން 3-1 މޮޅުވިމެޗެވެ. އެނިންމުމާއިމެދު އިހްތިޖާޖްކޮށް ދިއްދޫއިންވަނީ އެކުޅުންތެރިޔާނުލާ އެޓީމުން މޮޅަދޫއާ ދެކޮޅަށްކުޅެންޖެހޭ މެޗް ކުޅުމަށް ދެކޮޅު ހަދައިފައެވެ. އެހެންކަމުން އެމެޗުން މޮޅަދޫ 3-0 އިން މޮޅުވީކަމަށްވަނީ ނިންމައިފައެވެ. އިއްޔަހަވީރު ދިއްދޫ އާއި އިހަވަންދޫ ބައްދަލުކުރާ މެޗަށް ދެޓީމްވެސް ދަނޑަށް ހާޒިރުވިއެވެ. ދިއްދޫޓިމުން ދަނޑަށް ހާޒިރުވީ މައްސަލަ ބޮޑުވެފައިވާ ކުޅުންތެރިޔާވެސް ޓީމްގައި ހިމަނައިގެންނެވެ. ނަމަވެސް އެމެޗުވެސް ކުރިޔަށް ގެންގޮސްފައެއްނުވެއެވެ.
މިމައްސަލާގައި ގޮތެއް ނިންމަންދެން މިމުބާރާތުގައި އިއްޔަ އަދި މިއަދުކުޅޭ މެޗްތައްވަނީ މެދުކަޑާލައިފައެވެ. މިމުބާރާތުގެ ގްރޫޕް ސްޓޭޖްގައި ބާކީ 3 މެޗް އެބައޮތެވެ. އެއީ ދިއްދޫ އާއި އިހަވަންދޫ ބައްދަލުކުރާ މެޗް، ހޯރަފުށި އަދި މޮޅަދޫ ބައްދަލުކުރާ މެޗްގެ އިތުރުން އިހަވަންދޫ އަދި މޮޅަދޫ ބައްދަލުކުރާމެޗެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މުބާރާތް މެދުކަނޑައިލި ހިސާބުން، މުބާރާތުގެ މެޗްތައް މާދަމާ ފަށާނެއެވެ.
ގުޅުން ހުރެދާނެ ލިޔުން
ދިއްދޫ މުބާރާތުން ވަކިވެއްޖެ، ގްރޫޕް ސްޓޭޖްގެ ފަހު މެޗްތައް މިރެޔާ މާދަމާރޭ!
29 - މޭ - 2025
ތިލަ އުތުރު ވޮލީ މުބާރާތް ފަނިވެއްޖެ!
28 - މޭ - 2025
ފަސް ޓީމާއިއެކު ތިލަ އުތުރު ވޮލީ މުބާރާތް މިމަހުގެ 23 ހުގައި ފަށަނީ
14 - މޭ - 2025
ސަރުކާރުން ހއ އަތޮޅުގައި އިމާރާތްކުރަމުންދާ 3 ހޮސްޕިޓަލްގެ މަސައްކަތުގެ ދުވެލި ހާސްބައި ތަފާތު!
15 - އޮގަސްޓު - 2026
އިހަވަންދޫ، ހޯރަފުށި، ދިއްދޫ، ބާރަށް އަދި މޮޅަދޫ ހިމެނޭހެން 56 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
18 - ޖެނުއަރީ - 2026
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ޕެނަލްޓީއިން ކުރި ހޯދައިގެން މުރައިދޫ އަދި އުތީމު ފައިނަލަށް
11 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ސެމީ ފައިނަލްގެ މެޗްތައް މިއަދު
10 - ނޮވެމްބަރު - 2025
ތިލައުތުރު ފުޓްސަލް މުބާރާތް 2025: ހޯރަފުށި ބަލިކޮށް އިހަވަންދޫ އުއްމީދު އާކޮށްފި
6 - ނޮވެމްބަރު - 2025
ތިލައުތުރު ވޮލީ މުބާރާތުގެ ތަށި މިފަހަރުވެސް ގެންދިޔައީ މުރައިދޫއަށް!
2 - ޖޫން - 2025
ތިލައުތުރު ވޮލީ މުބާރާތް 2025: މިފަހަރުވެސް މުރައިދޫއާ އިހަވަންދޫގެ ފައިނަލެއް!
1 - ޖޫން - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް