"ޙުސައިން ރަޝީދުބެއަށްޓަކައި 1 ދުވަސް" ހަރަކާތުން ލިބުނު ފައިސާ އާއިލާއާ ހަވާލުކޮށްފި

ޢަބުދުﷲ ޙަމީދު

ހިލޭ ސާބަހަށް މަސައްކަތްކުރާ އިހަވަންދޫގެ 3 ޖަމްޢިއްޔާ ކަމަށްވާ ހިޔާ ފައުންޑޭޝަން، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އަދި ކުލަބު ޕޯލްސްޓަރ ގުޅިގެން “ޙުސައިން ރަޝީދުބެއަށްޓަކައި 1 ދުވަސް”ގެ ނަމުގައި މިދިޔަ ހުކުރު އަދި ހޮނިހިރު ދުވަހު ހިންގި ފަންޑުރެއިޒިންގް ހަރަކާތްތަކުން ލިބުނު ފައިސާ އާއިލާއާ ހަވާލުކޮށްފިއެވެ.

މާލެ އަދި ހުޅުމާލެ ސަރަހައްދުގައި ހިންގި މިހަރަކާތްތަކުން 87 ހާހަށްވުރެ ގިނަ ފައިސާވަނީ ހޯދިފައެވެ. މިގޮތުން ހިޔާ ފައުންޑޭޝަނުން ވަނީ މިހަރަކާތްތަކުން ލިބުނު 85362.50 ރުފިޔާ އާއި 136 ޑޮލަރު އަދި 10 އިންޑިއަން ރުޕީސް ހުސައިން ރަޝީދުގެ އާއިލާއާ ހަވާލުކޮށްފައެވެ.

ކިޑްނީ ފެއިލްވެ، ކިޑުނީ ޓުރާންސްޕުލާންޓު ހެދުމަށްޓަކައި ތައްޔާރުވަމުން އަންނަ ހއ. އިހަވަންދޫ، ނަސްފަރު ޙުސައިން ރަޝީދުއަށް އެހީތެރިވުމުގެ ގޮތުން އިހަވަންދޫގައިވެސް ދަނީ ތަފާތު ހަރަކާތްތައް ހިންގަމުންނެވެ.