އިހަވަން ފުޓްސަލް ޗެލެންޖުގައި ބައިވެރިވުމުގެ މުއްދަތު ޖުލައި މަހުގެ 6 އަށް އިތުރުކޮށްފި!
އިސްމާއިލް ހައްމާޒް
3 - ޖުލައި - 2025
ހއ. އިހަވަންދޫ ސީ.ޕީ.އެސް. ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލްބް (ސާރކް) އިން އިންތިޒާމުކޮށްގެން މި މަހު 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ އިހަވަން ފުޓްސަލް ޗެލެންޖު 2025 ގައި ބައިވެރިވުމުގެ މުއްދަތު ޖުލައި މަހުގެ 6 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފިއެވެ.
މިހާތަނަށް މި މުބާރާތުގައި 8 ޓީމެއް ބައިވެރިވެފައިވެއެވެ. ހއ. އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންދާ މި އަހަރުގެ މުބާރާތުގައި މިހާތަނަށް ބައިވެރިވެފައިވަނީ އިހަވަންދޫ އަށް ނިސްބަތްވާ 8 ޓީމެވެ. އެއީ، ބޮޑުމަގު، އެން.ވީ.ކޭ، ޔުނައިޓެޑް ޔޫތު، މިސްކިތްމަގު ސްޕޯޓްސް ކުލަބް، ކުޅިމަގު، ސެންސިޓީ، ބޮޓަފޯގޯ ވައި.ޖީ، އަދި ފަސްގަނޑެވެ. މި މުބާރާތުގައި ބައިވެރިވެވެނީ އިހަވަންދޫއިން ސާރކްގައި ރަޖިސްޓްރީ ކޮށްފައިވާ ޓީމުތަކުގެ އިތުރުން، އިހަވަންދޫ ފިޔަވާ ހއ. އަތޮޅުގައި ހުރި ރަށު ކައުންސިލްތަކަށާއި، ކުލަބް ޖަމާޢަތްތަކަށާއި، އަދި ރިސޯޓްތަކަށެވެ.
ސާރކްގައި އިހަވަންދޫގެ 9 ޓީމެއް ރެޖިސްޓަރ ކޮށްފައިވާއިރު، ރަޖިސްޓްރީ ކޮށްފައިވާ ކޮންމެ ޓީމަކަށް 2 ޓީމު ބައިވެރިކުރެވޭނެއެވެ. އެގޮތުން، 'ބޮޓަފޯގޯ ވައި.ޖީ' ބައިވެރިވެފައިވަނީ ބޮޑުމަގު މެނޭޖްމަންޓްގެ ދަށުންނެވެ. އަދި 'ފަސްގަނޑު' ބައިވެރިކޮށްފައިވަނީ ކުޅިމަގު މެނޭޖްމަންޓްއިންނެވެ. މުބާރާތުގައި ބައިވެރިވުމުގެ މުއްދަތު ޖުލައި މަހުގެ 6 ވަނަދުވަހުގެ ނިޔަލަށް ހަމަވިކަމުގައި ވީނަމަވެސް، ޓީމު ލިސްޓް ހުށަހެޅުމުގެ ސުންގަޑިއަކީ ޖުލައި 20 ވަނަ ދުވަހެވެ.
މުބާރާތުގެ ބައިވެރިވުމުގެ މުއްދަތު އިތުރު ކުރުމާއި ގުޅޭގޮތުން، ސާރކްގެ ރައީސް މުޙައްމަދު ނާޔިފު ބުނެފައިވަނީ، މި މުބާރާތުގައި ބައިވެރިވުމުގެ ޝައުގުވެރިކަން ރަށުން ބޭރު ޓީމުތަކުންވެސް ފާޅުކޮށްފައިވުމާއެކު، މި މުބާރާތް ކުރިއަށްދާ ވަގުތު އަތޮޅުގެ އެހެން ރަށްތަކުގައިވެސް ފުޓްސަލް މުބާރާތްތައް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާތީ، ބައިވެރިވުމުގެ މުއްދަތު އިތުކޮށްދިނުމަށް ބައެއް ރަށްރަށުން އެދިލެއްވުމާއި ގުޅިގެން އެ ފުރުސަތު ޓީމުތަކަށް ފަހި ކޮށްދިނީކަމަށެވެ. އަދި މި އަހަރުގެ މުބާރާތުންވެސް ރަށުން ބޭރު ޓީމުތައް ފެނިގެންދާނެކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އޮތްކަމުގައިވެސް ނާޔިފު ބުނިއެވެ.
މީގެކުރިން ސާރކް އިން އިންތިޒާމްކޮށްގެން ކުރިއަށް ގެންގޮސްފައިވަނީ 'ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖު' އެވެ. އެ މުބާރާތަކީ ހއ، ހދ، އަދި ށ އަތޮޅަށް ހުޅުވާލެވިގެން ކުރިއަށް ގެންގޮސްފައިވާ މުބާރާތެކެވެ. ފާއިތުވި ދެ އަހަރުވެސް ރާއްޖޭގެ ދެވަނަ ހދ. ނައިވާދޫ އެ މުބާރާތުގައި ބައިވެރިވެފައިވެއެވެ. ބޮޑު ތިލަދުންމަތީ ފުޓްސަލް ޗެލެންޖުގެ އެންމެ ފަހުގެ ޗެމްޕިއަނުންނަކީ ބޮޑުމަގެވެ.
ގުޅުން ހުރެދާނެ ލިޔުން
މިއަހަރުގެ "އިހަވަން ފުޓުސަލް ޗެލެންޖް" ނުބާއްވަން ނިންމައިފި!
3 - ޖޫން - 2026
އައި. ކްލަބްގެ ވަންޑޭކަޕް މިމަހުގެ 5 ގައި ފަށަނީ؛ މިއަހަރުގެ މުބާރާތް ކުރިޔަށްގެންދަނީ ސާރކްއާ ގުޅިގެން!
2 - ޖޫން - 2026
ދެލެގުން އިހަވަންދޫ ބަލިކޮށް ހއ ގެ ޗެމްޕިއަންކަން ދިއްދޫ ހޯދައިފި
13 - ނޮވެމްބަރު - 2025
އެފްއޭއެމް އެޓޯލް ޗެމްޕިއަންޝިޕް: އިހަވަންދޫ އާއި ދިއްދޫގެ ދެވަނަ ލެގް މިއަދު ދިއްދޫގައި
13 - ނޮވެމްބަރު - 2025
އެޓޯލް ޗެމްޕިއަންޝިޕް: އިހަވަންދޫ އާއި ދިއްދޫ ބައްދަލުކުރާ މެޗް މިއަދު
9 - ނޮވެމްބަރު - 2025
ބޮޑުމަގު އަތުން ބަދަލުހިފައި، އިހަވަން ފުޓްސަލް ޗެލެންޖްގެ ތަށިހިއްލާލައި، އިހަވަންދޫގެ އެންމެ ކާމިޔާބު ޓީމަކަށް އެންވީކޭ!
3 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރުކަމުން ރީހާން ވަކިކޮށްފި!
1 - އޮގަސްޓު - 2025
އިހަވަން ފުޓްސަލް ޗެލެންޖް 2025: ފައިނަލްގައި މިދިޔަ އަހަރުގެ ޗެމްޕިއަން ބޮޑުމަގާއި ރަނަރަޕް އެންވީކޭ އަނެއްކާވެސް ކުރިމަތިލަނީ
1 - އޮގަސްޓު - 2025
މިސްކިތްމަގު ޓީމުގެ މެނޭޖަރު ރީހާން، އެއް އަހަރަށް ސަސްޕެންޑް ކޮށްފި
31 - ޖުލައި - 2025
އިހަވަން ފުސަލް ޗެލެންޖް 2025: ޒުވާން ކުޅުންތެރިންގިނަ ބޮޓަފޯގޯ ސެމީއަށް!
29 - ޖުލައި - 2025
ކޮމެންޓް
އަދި ކޮމެންޓެއް ނެތް