މިއަހަރު އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވަނީ
މި އަހަރު ހއ. އިހަވަންދޫގައި ގިނަ ކުޅިވަރު މުބާރާތްތަކެއް ބާއްވާނެ ކަމަށް އިހަވަންދޫ ކައުންސިލް އަދި ރަށުގެ ބައެއް އެންޖީއޯތަކުން ހާމަކޮށްފިއެވެ. . މިހާތަނަށް ބާއްވާނެ ކަމަށް އިއުލާންކޮށްފައިވާ މުބާރާތްތަކުގެ ތެރޭގައި ހިމެނެނީ ތިން ފުޓްސަލް / ފުޓްބޯޅަ މުބާރާތާއި، ވޮލީބޯޅަ މުބާރާތެކެވެ.
1. އިހަވަން ފުޓްސަލް ޗެލެންޖް
މިއީ ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް "ސާކް" އިން އިންތިޒާމްކޮށްގެން ބާއްވާ މުބާރާތެކެވެ. މިއަހަރަކީ މި މުބާރާތް ބާއްވާ ތިންވަނަ އަހަރެވެ. މިހިނގާ ޖުލައި މަހުގެ 25 ވަނަ ދުވަހު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައިވާއިރު، ރަނަރަޕް ޓީމަށް 7,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ.
2. ކައުންސިލް ކަޕް ފިރިހެނުންގެ ވޮލީ މުބާރާތް
އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ މި ވޮލީބޯޅަ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އޯގަސްޓް މަހުގެ 15 ވަނަ ދުވަހުއެވެ. މި މުބާރާތުގެ ޗެމްޕިއަން ޓީމަށް 30,000 ރުފިޔާ އަދި ރަނަރަޕް ޓީމަށް 10,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ކަނޑައަޅާފައެވެ.
3. ކައުންސިލް ކަޕް ފުޓްބޯޅަ މުބާރާތް
މި އަހަރުގެ އޮކްޓޯބަރު މަހު އިހަވަންދޫ ކައުންސިލުން ބާއްވާ މި ފުޓްބޯޅަ މުބާރާތަކީ ބޮޑު އިނާމުތަކެއް ހުށަހަޅާފައިވާ މުބާރާތެކެވެ. މުބާރާތުގެ ޗެމްޕިއަން ޓީމަށް 50,000 ރުފިޔާ، އަދި ރަނަރަޕް ޓީމަށް 15,000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހަޅާފައެވެ.
4. އިމަގު ޣާޒީ ކަޕް 2025 – 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތް
މި މުބާރާތަކީ އިހަވަންދޫ މަސްވެރިންގެ ގުޅުން، "އިމަގު" އިން އިންތިޒާމްކޮށްގެން ބާއްވާ 19 އަހަރުން ދަށުގެ ފުޓްސަލް މުބާރާތެކެވެ. މިއީ ހއ. އަތޮޅުގެ މަތި ބިތުގެ ރަށްތައް ކަމަށްވާ އިހަވަންދޫ، ތުރާކުނު، އުލިގަން، މޮޅަދޫ، ހޯރަފުށި، މާރަންދޫ، އަދި ތަކަންދޫއަށް ހުޅުވާލެވިފައިވާ މުބާރާތެކެވެ. މި މުބާރާތް އޮންނާނީ ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.
މި މުބާރާތްތަކުގެ އިތުރުން، މިއަހަރުގެ ނޮވެމްބަރު މަހު ބާއްވާ "ތިލަ އުތުރު ފުޓްސަލް ޗެލެންޖް" ގައި އިހަވަންދޫ ބައިވެރިވާނެ ކަމަށްވެސް ބެލެވެއެވެ. އިހަވަންދޫއަކީ މިދިޔަ އަހަރުގެ މުބާރާތުގެ ޗެމްޕިއަންޓީމެވެ.ތިލަ އުތުރު ފުޓްސަލް ޗެލެންޖް 2025 ބޭއްވުމަށް ހަމަޖެހިފައިވަނީ ހއ އުތީމުގައެވެ. އިހަވަންދޫގައި ބާއްވާ އެންމެ އަގުބޮޑު މުބާރާތް ކަމަށްވާ މައިކަޕް ފުޓްބޯޅަ މުބާރާތް މިއަހަރު ބާއްވާނެކަމަކަށް އަދި އިއުލާނެއް ނުކުރެއެވެ.
މިހުރިހާ މުބާރާތްތަކަކީވެސް އިހަވަންދޫގެ ރައްޔިތުންނަށް، ޚާއްސަކޮށް ޒުވާނުންނަށް ކުޅިވަރުގެ ތެރެއިން ގުޅުން ބަދަހިކޮށް، ހުނަރުތައް ދައްކާލުމުގެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދާނެ ކަމެއް ކަމަށް ބެލެވެއެވެ. ނަމަވެސް މުބާރާތްތަކުގައި ބައިވެރިވާ ޓީމްތަކުގެ މާލީ ހާލަތު ރަނގަޅު ނޫންކަމަށް މައުލޫމާތު ލިބެއެވެ.
ހއ. އިހަވަންދޫ
އިހަވަންދޫ ކައުންސިލް
އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު)
ސީޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް
ގުޅުން ހުރެދާނެ ލިޔުން
އިމަގު ޖަމިއްޔާއަށް ފުޓްސަލް ދަނޑެއް ހެދުމަށް ދޫކޮށްފައިވާ ބިން ކައުންސިލަށް ނަގަނީ
21 - ޑިސެމްބަރު - 2023
ސަހުނީޒަށް އެހީވުމަށް ހިންގި ފަންޑްރައިސިންގެ އިވެންޓުން 61272.50 ރުފިޔާ
9 - ޖުލައި - 2023
ސަހުނީޒަށް އެހީވުމަށް ފަންޑްރައިސިންގެ އިވެންޓެއް ބާއްވަނީ
7 - ޖުލައި - 2023
އެތައްސަތޭކަ ކުދިންނާއިއެކު އާއިލީ ހަވީރު ކުރިޔަށް ގެންގޮސްފި
14 - މޭ - 2023
ގިނަ ހަދިޔާ ތަކާއެކު "ހިތްތަކުގެ މާމެލާ މެލީ" ގެ ނަމުގައި އާއިލީ ހަވީރެއް ބާއްވަނީ
10 - މޭ - 2023
ޝެއިހް އާދަމް ޝަމީމުގެ ހާއްސަ ދަރުހެއް ބާއްވަނީ
8 - މާރިޗު - 2023
މޫސުން ގޯސްވުމުގެ ސަބަބުން މިއަދުގެ އިވެންޓް އޮންނާނީ ހުރަވީ ދަނޑުގައި
13 - މޭ - 2022
އެމްއައި ކޮލެޖުން އެޑިއުކޭޝަން ފެއާއަކާއިއެކު ކުޑަކުދިންގެ ދުވަސް ފާހަގަކުރަނީ
12 - މޭ - 2022
މަސްރޭސް ކާމިޔާބު ކުރީ ރުއްގަނޑު ޓީމު
11 - ޑިސެމްބަރު - 2020
އިހަވަންދޫން ބިން ކުއްޔަށް ދޫކުރަން ކުރި އިޢުލާންތައް ބާތިލްކޮށްފި!
25 - ޖޫން - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް