އޯޕަން ސްޓޭޖް ބިމުގައި އައު ކައުންސިލް އިދާރާ އެޅުމާއިމެދު ބައެއް ކައުންސިލަރުން ހިޔާލު ތަފާތުވެއްޖެ!
ހއ. އިހަވަންދޫ ކައުންސިލް އިދާރާގެ އައު އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ބިމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ދިން ފުރުސަތުގައި ބައިވެރިވި ފަރާތްތައް މަދުވުމުގެ އިތުރުން، އެ ބިމަކީ އޯޕަން ސްޓޭޖް ހުރި ބިންކަމަށް ކަނޑައެޅުމާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ޝަކުވާތަކެއް ދަނީ ކުރަމުންނެވެ. މި ޝަކުވާތަކާއި ގުޅިގެން، ކައުންސިލުން ކުރިން ނިންމާފައިވާ ގޮތާއި މެދު ބައެއް ކައުންސިލަރުންގެ ހިޔާލު ތަފާތުވެ، މި މައްސަލަ އަލުން ރިވިއުކުރުމަށް މަސައްކަތް ކުރަމުންދާކަމަށް މަޢުލޫމާތު ލިބިއްޖެއެވެ.
އިހަވަންދޫ ކައުންސިލުން އައު ކައުންސިލް އިމާރާތް އެޅުމަށް ކަނޑައެޅިފައިވާ ބިމާއިމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ދިން ދެ ދުވަހުގެ މުއްދަތުގައި 3767 މީހުންގެ އާބާދީއެއް އޮންނަ އިހަވަންދޫއިން ހުށަހެޅުނީ އެންމެ 28 ހިޔާލެވެ. މިއީ އާބާދީގެ އެންމެ %0.74 އެވެ. މި ޢަދަދުން ދައްކުވައިދެނީ މިކަމުގައި ރައްޔިތުންގެ ބައިވެރިވުން ވަރަށް ބޮޑަށް ދަށްކަމެވެ.
ކައުންސިލުން އައު އިމާރާތް އެޅުމަށް އޯޕަން ސްޓޭޖްހުރި ބިން ކަނޑައެޅުމާއިއެކު، ސޯޝަލް މީޑިއާ ޝަކުވާތަކުން ފުރާލިއެވެ. "ވޯޓްދިނީ ކިތައްމީހުންތޯ؟ ވޯޓްލީ ކޮންބައެއްތޯ؟" މިފަދަ ސުވާލުތައް އާންމުންގެ ތެރެއިން އުފައްދަން ފެށިއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މައްސަލާގައި ރަށުގެ ބައެއް އިސްވާރުން ގެންދަނީ ވަކިވަކި ކައުންސިލް މެންބަރުންނަށް، އޯޕަން ސްޓޭޖް ނަގާފައި އައު ކައުންސިލް އިދާރާ އިމާރާތް ނުކުރުމަށް ލޮބީކުރަމުންނެވެ. އެގޮތުން ކުރީގެ ކަތީބެއް ކައުންސިލަރުންނަށް ފޮނުވާފައިވާ ވަރަށް އަސަރުގަދަ ސިޓީއެއްގެ ކޮޕީވެސް މިނޫހަށް ވަނީ ލިބިފައެވެ.
މިމައްސަލާގައި އާންމުންގެ ތެރެއިން ބަޔަކު އެކުވެ ޕެޓިޝަނެއްވެސް ތައްޔާރުކުރުމުގެ މައްސައްކަތް ކުރަމުންދާކަން ވަނީ އެނގިފައެވެ. އެގޮތުން އޭގެތެރެއިން މީހަކު މިނޫހަށް މަޢުލޫމާތު ދީފައިވާ ގޮތުގައި މިކަމުގައި ރައްޔިތުންގެ ޑިމާންޑްތައް ކައުންސިލަށް ވަރަށް އަވަހަށް ފޮނުވާނެއެވެ. އޯޕަން ސްޓޭޖްގައި ގިނަ ހަރަކާތްތައް ހިންގާ ޖަމިއްޔާއެއް ކަމަށްވާ، އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއިވެސްވަނީ، އޯޕަން ސްޓޭޖް ހުރި ސަރަހައްދުގައި ކައުންސިލްގެ އައު އިދާރާ އެޅުމާއި މެދު ދެވަނަ ވިސްނުމަކަށް ދިއުމަށް އެދި އިހަވަންދޫ ކައުންސިލަށް ސިޓީއެއް ފޮނުވާފައެވެ.
މިނޫހާ ވާހަކަދެއްކި ކައުންސިލަރަކު ބުނީ ، އޯޕަން ސްޓޭޖް ބިމުގައި އައު ކައުންސިލް އިދާރާ އެޅުމަށް ކައުންސިލުން ނިންމާފައިވާ ނިންމުމާއި މެދު ބައެއް ކައުންސިލަރުންގެ ވިސްނުން ބަދަލުވެ، އައު ކައުންސިލް އަޅާ ބިން ރިވިއުކުރުމަށް ޖަލްސާއަކަށް އެޖެންޑާކުރުމަށް ބައެއް ކައުންސިލަރުން މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެގޮތުން އެކައުންސިލަރުންގެ ވިސްނުމުގައި، އައު ކައުސިލް އިދާރާ އެޅުމަށް ކަމުދަނީ ބަނދަރުގެ އިރުމަތިން މާތިލަގެއާ ދިމާ ކުރިމަތީ އޮންނަ ހުސް ބިންކަމަށް މައުލޫމާތު ލިބެއެވެ.
މި މައްސަލަ ކައުންސިލްގެ ތެރޭގައި އަދި އާންމުންގެ މެދުގައިވެސް ހޫނުވެފައި ވާއިރު، މިކަމުގައި ކައުންސިލުން އެންމެ ފަހުން ނިންމާނެ ގޮތެއް ބެލުމަށް އެންމެވެސްތިބީ އިންތިޒާރުގައެވެ.
ގުޅުން ހުރެދާނެ ލިޔުން
އިހަވަންދޫ ކައުންސިލްގެ ރަސްތަރި ޤުރްއާން މުބާރާތް، ޑިސެންބަރު މަހު ބާއްވަނީ!
10 - ސެޕްޓެމްބަރު - 2026
ހުޅުވިތާ 1 އަހަރާ 8 މަސްވީ، ކުޑަކުދިންގެ ޕާކުގެ ޓާފް ބަދަލުކުރަނީ!
5 - ސެޕްޓެމްބަރު - 2026
ހަލާކުވެފައި އޮންނަތާ ގިނަދުވަސް ތަކަކަށްފަހު، އައިސް އުފުލާ ލޮރީ މަރާމާތުކޮށްފި
25 - އޮގަސްޓު - 2026
ކައުންސިލުން ގްރާންޓްގެ ގޮތުގައި އިހަވަންދޫ ސްކޫލަށް މިއަހަރު ދެނީ 200،000ރ
19 - އޮގަސްޓު - 2026
އިހަވަންދޫ ކައުންސިލުން ވަގުތީ ކުނި ކޮށްޓެއް ޤާއިމްކުރަނީ!
18 - އޮގަސްޓު - 2026
ބިންތައް އަތުލެވޭ އިސްލާހު ބޭރުކުރަން އިހަވަންދޫ ކައުންސިލުން ގޮވާލައިފި
16 - އޮގަސްޓު - 2026
އޯޕަން ސްޓޭޖް ސަރަހައްދުގައި މައިޒާނެއް ތަރައްޤީކުރަނީ...
13 - އޮގަސްޓު - 2026
ކައުންސިލުން އިހަވަންދޫ ސްކޫލަށްދޭ ގްރާންޓްގެ %20 އިނާމު ދިނުމުގެ ޖަލްސާއަށް...
11 - އޮގަސްޓު - 2026
ރޭޑިއޯ ޕްރެޒެންޓަރ މުބާރާތުގެ ޓްރޮފީ ހިފައިގެން ޝަހާމާ މިއަދު އިހަވަންދޫއަށް!
23 - ޖުލައި - 2026
އިހަވަންދޫ ކައުންސިލުން އަންނަ ހުކުރު ދުވަހުގެ ރޭ ރައްޔިތުންނާއި ބައްދަލުކުރަނީ...
19 - ޖުލައި - 2026
ކޮމެންޓް
އަދި ކޮމެންޓެއް ނެތް