އިމަގު މަސްރޭސް ކާމިޔާބު ކުރީ ތިޔަފެން ޓީމުން

.

މިއަހަރުގެ މަސްވެރިންގެ ދުވަހާއި ގުޅިގެން އިހަވަންދޫ މަސްވެރިންގު ގުޅުން “އިމަގު” ޖަމިއްޔާއިން ކުރިޔަށްގެންދިޔަ “އިމަގު މަސްރޭސް” ތިޔަފެން ޓީމުން ކާމިޔާބު ކޮށްފިއެވެ.

އިމަގު ޖަމިއްޔާއިން މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ކުރިއަށްގެންދިޔަ މަސްރޭހުގައި ޖުމުލް 15 ޓީމެއް ބައިވެރިވެފައިވެއެވެ. އެހެން ކަމުންމިއީ އިހަވަންދޫގައި މިހާތަނަށް ކުރިޔަށްގެންދިޔަ މަސްރޭސް ތަކުގެ ތެރެއިން އެންމެ ގިނަ އަދަދެއްގެ ޓީމްތައް ވާދަކުރި މަސް ރޭހެވެ.

މިމަސްރޭސް ތިޔަފެން ޓީމުން ކާމިޔާބު ކޮށްފައިވަނީ 79.76 ޕޮއިންޓް ހޯދައިގެންނެވެ. އެއްވަނަ ޓީމަށް 5000 ރުފިޔާގެ ފައިސާގެ އިނާމު ދިން މި މަސްރޭހުގެ 2 ވަނަ ލިބިފައި ވަނީ ލިނަގަޒިޔޯ ޓީމަށެވެ. އެޓީމުން ވަނީ 67.40 ޕޮއިންޓް ހޯދައިފައެވެ. 2 ވަނަ އަށްދިޔަ ޓީމަށް ވަނީ 2000 ރުފިޔާގެ ފައިސާގެ އިނާމު ދީފައެވެ.

މިމަސްރޭހުގައި އެންމެ ބަރު މަސް ބޭނިފަރާތަށް ހޮވިފައިވަނީ، ބޮން ސާވިސް ޓީމްގެ އަބުދުކް ރަޝީދު، ނަޔާޑޭޒީއެވެ. އަބުދުލް ރަޝީދު ބޭނި މަހުގައި 9 ކިލޯ ހުއްޓެވެ. މުބާރާތުގައި އެންމެ ގިނަ މަސްބާނަފައިވަނީ މާރެހާ ޓީމްގެ، ނަދީމްއެވެ. ނަދީމް ވަނީ 63 މަސް ބާނާފައެވެ.