ހއ. މާދުނިފަރުގައި ރިސޯޓް ތަރައްޤީކުރުމަށް 3 ސްލޮޓެއް ބީލަމަށް
މުޙައްމަދު އަކުރަމް
9 - ފެބްރުއަރީ - 2026
ހއ. މާރަންދޫ ކައިރީގައި އޮންނަ ހއ. މާދުނިފަރާއި، ހއ. ކެލާ ފަޅު ހިމެނޭހެން 5 ސަރަހައްދެއްގައި ރިސޯޓް ތަރައްޤީކުރާނެ އިންވެސްޓަރުން ހޯދަން ޓޫރިޒަމް މިނިސްޓްރީއިން ބީލަމަށް ހުޅުވާލައިފިއެވެ. މި ތަންތަނަކީ މިދިޔަ އަހަރުގެ ނޮވެމްބަރ މަސް ތެރޭވެސް ބީލަމަށް ހުޅުވައިލި ތަންތަނެވެ. އިންވެސްޓަރުން ނުވެގެން އަނެއްކާވެސް މިތަންތަން އަނެއްކާވެސް ބީލަމަށް ލާފައިމިވަނީ އިއްޔައެވެ.
ހއ. މާރަންދޫ ކައިރީގައި އޮންނަ ހއ. މާދުނިފަރުގެ 3 ސްލޮޓެއް ބީލަމަށް ލާފައިވެއެވެ. އެއިން ކޮންމެ ސްލޮޓެއްގައި 200 ހެކްޓަރ ހުންނައިރު ކޮންމެ ސްލޮޓެއްގެ އެކުއިޒިޝަން ކޮސްޓު ފަށަނީ 2.1 މިލިއަން ޑޮލަރުންނެވެ. ހއ. ކެލާ ފަޅުން 156 ހެކްޓަރު އަދި 169 ހެކްޓަރުގެ ޕްލޮޓެއް ބީލަމަށް ލާފައިވާއިރު، ހދ. މަކުނުދޫ ފަރުން 200 ހެކްޓަރުގެ ދެ ޕްލޮޓް ބީލަމަށް ލާފައިވެއެވެ. މީގެ އިތުރުން ހދ. މާފަރުން 200 ހެކްޓަރުގެ ދެ ޕްލޮޓަކާއި ށ. ގޮނާ ފަރުން 200 ހެކްޓަރުގެ 3 ޕްލޮޓެއްވެސްވަނީ ބީލަމަށް ލާފައެވެ.
ހއ، ހދ އަދި ށ އަތޮޅުގެ ފަޅުތަކެއްގައި ރިސޯޓް ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް ބީލަމަށް ލާފައިވާއިރު، ހާއްސަ އިނާޔަތްތަކެއް ދީގެން ވިޔަސް ރިސޯޓު މަދު އަތޮޅުތަކުގައި ޓޫރިޒަމް ތަރައްގީކުރުމަކީ ސަރުކާރުގެ ސިޔާސަތެކެވެ. ރިސޯޓުތައް މަދުވުމުން ހާއްސަ އިނާޔަތްތަކެއް ދޭން ނިންމާފައިވާ އަތޮޅުތަކަކީ، ހއ. އާއި ހދ. އާއި ށ. ގެ އިތުރުން ލ. އާއި ތ. އަތޮޅެވެ.
ގުޅުން ހުރެދާނެ ލިޔުން
ހޯރަފުށީ ކައުންސިލްގެ އެއްލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތުގައި 7 ރަށަކުން 10 ޓީމު ވާދަކުރަނީ!
8 - މާރިޗު - 2026
ފިނޭންސް މިނިސްޓްރީގެ ނިންމުމަކާ ގުޅިގެން "ތިލައުތުރު ފުޓްސަލް މުބާރާތް" ބާއްވާނެ ރަށެއް ހޯދުމުގެ އިއުލާން ބާތިލްކޮށްފި!
17 - ފެބްރުއަރީ - 2026
ހއ. އަތޮޅަށް ހުޅުވާލައިގެން 1 ލައްކަ ރުފިޔާގެ ފުޓްސަލް މުބާރާތެއް ހޯރަފުށީގައި ބާއްވަނީ
1 - ފެބްރުއަރީ - 2026
2062 ވަނަ އަހަރު އަންނައިރު ހއ އަތޮޅުގައި ކޮންމެ 83 ފިރިހެނަކަށް 100 އަންހެނުން ތިބޭނެ : ރިޕޯޓް
13 - ޖެނުއަރީ - 2026
2024 ވަނަ އަހަރު ހއ އަތޮޅުން އެންމެ ހިންގުންތެރި ރަށު ކައުންސިލަކަށް މޮޅަދޫ ކައުންސިލް
28 - އޮކްޓޯބަރު - 2025
އިހަވަން ފުޓްސަލް ޗެލެންޖްގައި ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލައިފި!
15 - ޖޫން - 2025
ހއ. އަތޮޅުގެ ހުރިހާ ރަށެއްގައި މިހާރު ބީއެމްއެލް އޭޓީއެމްގެ ޚިދުމަތް ލިބޭނެ!
25 - މާރިޗު - 2025
އިހަވަންދޫގައި 100 ހައުސިންގ ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ
29 - ޖެނުއަރީ - 2025
ތިލައުތުރު ފުޓްސަލް މުބާރާތުގެ ޗެމްޕިއަން ޓީމަކަށް ވަށަފަރު
10 - ނޮވެމްބަރު - 2023
ތިލައުތުރު ފުޓްސަލް މުބާރާތުގެ ފައިނަލަށް އުތީމް އަދި ވަށަފަރު ދަތުރުކޮށްފި
8 - ނޮވެމްބަރު - 2023
ކޮމެންޓް
އަދި ކޮމެންޓެއް ނެތް