ދުނިޔެ

މީހަކަށް އޮޅިގެން، އޭނާ ހޯދަން އުޅެވިއްޖެ!

މީހަކަށް އޮޅިގެން، އޭނާ ހޯދަން އުޅެވިއްޖެ!

ބޭހާން މުތުލޫ އަދި އޭނާ ހޯދަން ނުކުތް ސާޗް ޓީމާއިއެކު.

Advertisement Advertisement

ތުރުކީގެ ބުރުސާޕްރޮވިންސްގައި އުޅޭ 50 އަހަރުގެ ބޭހާން މުތުލޫ، އެއްރޭ ރައްޓެހިންނާއެކު މަޖާކޮށްލަން ކޮށްލަން އުޅުމުގެ ތެރޭގައި މަސްތުގެ ހާލަތުގައި ދެވުނީ ކައިރީގައި އޮތް ޖަންގައްޔަކަށެވެ. އަމަލުވެ، މާބޮޑަށް ވަރުބަލިވުމުން އޭނާ އެތާހުރި ގަހެއް ކައިރީ އޮށޯވެލިއިރަށް ނިދުނީއެވެ. އޭނާ އެނބުރި ގެއަށް ނައައިސް ލަސްވާންެ ފެށުމުން، އޭނާގެ އަންހެނުންނާއި ރައްޓެހިން އަދި އެކުގައި މަސައްކަތްކުރާ މީހުން ކަންބޮޑުވެ ސަލާމަތީ ބާރުތަކަށް އަންގައިގެން ހޯދުމުގެ މަސައްކަތް ފެށިއެވެ.

ދެން ވީގޮތް މާ މަޖަލެވެ! ފުލުހުންނާއި، އެނާ އާއި އެކުގައި މަސައްކަތްކުރާމީހުން އެނާ ހޯދުމަށް ނުކުތެވެ. ބޭހާންއަށް ހޭލެވުނީ ބަޔަކު އެސަރަހަށްދުގައިއުޅޭ އަޑަށެވެ. އޭނާޔަށް ފެނުނީ ޖަންގަލީތެރޭގައި، މީހަކު ގެއްލިގެން ހޯދަން އުޅޭ ސާޗް ޓީމެއް އުޅޭތަނެވެ. އެމީހުން ފެނުމުން، ބޭހާންވެސް "ހެޔޮއެދޭ މީހެއްގެ" ގޮތުގައި އެމީހުންނާ ގުޅިގެން ގެއްލިގެން އުޅޭ މީހާ ހޯދަން ހިނގައިގަތެވެ. ގަޑިއިރުތަކެއް ވަންދެން އެމީހުންނާއެކު އުޅުނު ފަހުން، ސާޗް ޓީމުގެ މީހުން އޭނާގެ ނަމުން ގޮވަން ފެށުމުން، ބޭހާން ސިއްސައިގެން ގޮސް ބުނެވުނެވެ. : "އޭ! މަ މީއޭ ތިހޯދާ މީހަކީ!" އެވެ.

ސަލާމަތީ ބާރުތަކުން އޭނާ ބަޔާން ނަގަން އެކަހެރިކުރުމުން، ބޭހާން ބިރުން ހުރެ ބުނެފައިވަނީ، "އޮފީސަރު، އަހަންނަށް މާ ބޮޑު އަދަބެއް ނުދެއްވާތި! މިކަން އެނގިއްޖެއްޔާ މަގޭ ބައްޕަ އަހަރެން މަރާނެ!" ކަމުގައެވެ. 

ކޮންމެއަކަސް ފުލުހުން ވަނީ އޭނާ ރައްކާތެރިކަމާއެކު ގެއަށް ގެންގޮސްދީފައެވެ. 

ކޮމެންޓް

އަދި ކޮމެންޓެއް ނެތް