Banner Image Description

އިހަވަންދޫ ޓީމްގެ ފުރަތަމަ މެޗް ދިއްދޫއާ ދެކޮޅަށް

މުޙައްމަދު އަކުރަމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމް ފުރަތަމަ މެޗްގައި ދިއްދޫއާ ދެކޮޅަށް ނުކުންނަން ޖެހިއްޖެއެވެ. މިމެޗް އޮންނާނީ މިމަހުގެ 16 ވާ ބުރާސްފަތިދުވަހުގެ ހަވީރު 16:00 ގައި ދިއްދޫ ފުޓްބޯޅަ ދަނޑުގައެވެ.

އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. ގްރޫޕްގެ އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ދެރައުންޑަށްކުޅޭ ގްރޫޕް ސްޓޭޖް މެޗްތައް ކުޅެ ނިމޭނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.