Banner Image Description

ދެވަނަ މެޗުންވެސް އިހަވަންދޫޓީމް އެއްވަރުވެއްޖެ

މުޙައްމަދު އަކުރަމް

ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވެސް (އެފްއޭއެމް) އިން އިންތިޒާމްކޮށްގެން ކުރިޔަށްގެންދާ ދިވެހި ޕްރިއާމް ލީގް ކޮލިފިކޭޝަންގެ ނޯރތް ލީގުގައި ބައިވެރިވާ އިހަވަންދޫ ޓީމްގެ ދެވަނަ މެޗްގައި މިއަދު ކުޅުދޫފުއްޓާއި ވާދަކޮށް އެއްވަރު ވެއްޖެއެވެ.

މިއަދު ހަވީރު ދިއްދޫގައި ކުޅުނު މިމެޗް އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ. މެޗްގެ ފުރަތަމަ ގޯލް ޖަހާ ކުޅުދޫފުށީ ޓީމުންނެވެ. މި ގޯލް އެޓީމުން ކާމިޔާބުކުރީ ފުރަތަމަ ހާފްގެ 13 ވަނަ މިނެޓްގައެވެ. އިހަވަންދޫ ޓީމުން އެއްވަރުކުރީ ފަހު ހާފުގެ 25 ވަނަ މިނެޓްގައި ލިބުނު ޕެނަލް ޓީއަކުން އެޓީމްގެ ޖާޒީނަންބަރު 14 ފާރިޝް ކާމިޔާމުކުރި ގޯލުންނެވެ.

މިމުބާރާތުގައި އިހަވަންދޫ ދެން ނުކުންނާނީ ހަނިމާދޫއާ ދެކޮޅަށެވެ. އެމެޗްކުޅޭނީ މިމަހުގެ 22 ވާ ބުދަ ދުވަހުގެ ހަވީރު 16:00 ގައި ހަނިމާދޫ ދަނޑުގައެވެ. އެފްއޭ މޯލްޑިވެސް ނޯތް ލީގްގައި ބައިވެރިވެފައިވަނީ 16 ޓީމެކެވެ. 16 ޓީމް ހަތަރު ގްރޫޕަކަށް ބަހާލިއިރު ހއ އަތޮޅުން މިމުބާރާތުގައި ބައިވެރިވާ ދިއްދޫ ޓީމާއި އިހަވަންދޫ ޓީމް ހިމެނިފައިވަނީ ގްރޫޕް އޭ ގައެވެ. މި ދެ ޓީމްގެ އިތުރުން އެގްރޫޕްގައި ހިމެނެނީ ހަނިމާދޫ، ނެއްލައިދޫ އަދި ކުޅުދޫފުއްޓެވެ. ގްރޫޕްގެ އޭގެ މެޗްތައް ކުޅުމަށް ހަމަޖެހިފައިވަނީ ދިއްދޫ އަދި ހަނިމާދޫގައެވެ. ދެރައުންޑަށްކުޅޭ ގްރޫޕް ސްޓޭޖް މެޗްތައް ކުޅެ ނިމޭނީ ޖުލައި މަހުގެ 4 ވަނަ ދުވަހުއެވެ.