ނަސީރު ޕީޕީއެމް ކައުންސިލަށް ކުރިމަތިލުމުން އެންމެ ވޯޓެއްވެސް ނުލިބުނު

.

ޕީޕީއެމް ކައުންސިލްގެ ހުސްވެފައިވާ 12 ގޮނޑިއަށް މީހުން އިންތިހާބުކުރުމަށް ބޭއްވި އިންތިހާބުގައި، ޕީޕީއެމް ކައުންސިލްގެ މެމްބަރުކަމަށް ކުރިމަތިލެއްވި، ހއ. އިހަވަންދޫ ރަށްމެދުގެ، އަހްމަދު ނަޞީރަށް އެއްވެސް ވޯޓެއް ލިބިފައިނުވާކަން އެނގިއްޖެއެވެ. ޖުމުލަ 74 މީހަކު ކުރިމަތިލާފައިވާ މިއިންތިހާބުގައި ވޯޓްލުމުގެ ހައްޤު ލިބިގެންވާ 63 ކައުންސިލް މެމްބަރުންގެ ތެރެއިން 51 މެމްބަރަކު ބައިވެރިވެ ވޯޓް ލާފައިވެއެވެ.

ނަސީރަކީ އިހަވަންދޫގައި ޕީޕީއެމްއިން ހިންގާ ހަރަކާތްތަކުގެ އިސްސަފުގައި ހަރަކާތްތެރިވާ ފަރާތެކެވެ. 2019 ވަނަ އަހަރުގެ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި  ނަސީރު  ވާދަކޮށްފައިވެއެވެ.

ޕީޕީއެމް އޮފީހުގައި 18 ޖޫންގައި ކުރިއަށް ދިޔަ އިންތިހާބުގައި ޖުމްލަ 17 މެންބަރުން އިންތިހާބު ކޮށްފައިވެ އެވެ. އެއީ އެ ކައުންސިލުން ހުސްވެފައިވާ ދެ ގޮނޑީގެ އިތުރުން އެ ޕާޓީގެ އަސާސީ ގަވައިދަށް އެންމެ ފަހުން ގެނެވުނު ބަދަލާއެކު ކައުންސިލަށް އަލަށް ހޮވަން ނިންމި 10 މެންބަރުންނާއި އަންހެނުންނަށް ހާއްސަކޮށްގެން ހޮވާ ފަސް ގޮނޑި އެވެ. ކައުންސިލަށް އަލަށް ހޮވި 17 މެންބަރުން ހޮވާފައިވަނީ، ޕާޓީގެ ކައުންސިލްގައި މިހާރު ތިބި މެންބަރުންގެ މެދުގައި ނެގުނު ސިއްރު ވޯޓަކުންނެވެ.