Banner Image Description

އައި.ޑަބްލިއު.ސީ.ޖީ ކޮއްކޮމެންގެ މަދަހަ މުބާރާތުން މިދުހާ މެދު އުޑަށް!

ޢަބުދުﷲ ޙަމީދު

އިހަވަންދޫ ވިމެންސް ކޮމިޔުނިޓީ ގުރޫޕު (އައި.ޑަބްލިއު.ސީޖީ) ން އިންތިޒާމްކޮށްގެން ކުރިއަށް ގެންދިޔަ މަދަހަ މުބާރާތުން، މުޅި މުބާރާތުން އެއްވަނަ މިދުހާ ހޯދައިފިއެވެ. 2020 ޖޫން 13 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެގުރޫޕްގެ ފޭސްބުކް ޕޭޖް މެދުވެރިކޮށް މިމުބާރާތުގެ ނަތީޖާ ވަނީ ފާޅުކޮށްފައެވެ.

ޖުމްލަ ތިން އުމުރުފުރާއަކަށް ބަހާލައިގެން ކުރިއަށް ގެންދެވުނު މި މުބާރާތުގެ ކޮންމެ އުމުރުފުރަކުން ވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ ވަނީ ހޮވައިފައެވެ. އަދި މުބާރާތުގެ ގަދަ 5 ބައިވެރިން ވެސް ވަނީ ހޮވައިފައެވެ. ވަނަވަނަ އަށް ގޮސްފައިބާ ބައިވެރިންނަކީ؛

  • 3 އަހަރާއި 5 އަހަރާ ދެމެދު އުމުރުފުރާއިން

އެއްވަނަ، އުޔޫން ބިންތި ހުސެއިން ޔޫޝައު، މޫނިމާގެ/ ހއ.އިހަވަންދޫ

ދެވަނަ، ޢުލްވާ އަބުދުއްސަލާމް، ބިންހިމަގެ / ހއ.އިހަވަންދޫ

ތިންވަނަ، މުހައްމަދު އިލަން ފަތުހުﷲ އަހުމަދު، މޫރިތިގެ / ހއ.އިހަވަންދޫ

  • 5 އަހަރާއި 7 އަހަރާ ދެމެދު އުމުރުފުރާއިން

އެއްވަނަ، މުހައްމަދު ޒުވައިލް އިބްރާހިމް ޡުހޫރު، ބަނަފްސާގެ /ހއ.އިހަވަންދޫ

ދެވަނަ، މަރްޔަމް ލީން ލަތީފް، ޕެރިސް / ހއ.އިހަވަންދޫ

ތިންވަނަ، ލުޔޫން މުހައްމަދު ނަޝީދު، އާރު / ހއ.އިހަވަންދޫ

  • 7 އަހަރާއި 9 އަހަރާ ދެމެދު އުމުރުފުރާއިން

އެއްވަނަ، މަރްޔަމް މިދުހާ ހާޝިމް، އަންބަރީގެ /ހއ.އިހަވަންދޫ

ދެވަނަ، ހައްވާ ޝެޒާ އިސްމާޢިލް، ލުވޭޒާމަންޒިލް /ހއ.އިހަވަންދޫ

ތިންވަނަ، މުހައްމަދު ޔޫއާން ހަސަން، ހުޅަނގުމަތީގެ / ހއ.އިހަވަންދޫ

  • މުބާރާތުގެ ގަދަ 5 ބައިވެރިން

މަރްޔަމް މިދުހާ ހާޝިމް، އަންބަރީގެ /ހއ.އިހަވަންދޫ

ހައްވާ ޝެޒާ އިސްމާޢިލް، ލުވޭޒާމަންޒިލް /ހއ.އިހަވަންދޫ

މަރްޔަމް ލީން ލަތީފް، ޕެރިސް / ހއ.އިހަވަންދޫ

މުހައްމަދު ޔޫއާން ހަސަން، ހުޅަނގުމަތީގެ / ހއ.އިހަވަންދޫ

މުހައްމަދު ޒުވައިލް އިބްރާހިމް ޡުހޫރު، ބަނަފްސާގެ /ހއ.އިހަވަންދޫ

ވަނަވަނަ އަށް ދިޔަ ބައިވެރިންނަށް 2020 ޖޫން 14 ވަނަ ދުވަހު އިނާމްތައް ހަވާލުކުރުން ކުރިއަށްގެންދާނެ ކަމަށް އެގުރޫޕުގެ ފަރާތުން ހާމަކުރެއެވެ. މުބާރާތުން އެއްވަނަ ދިޔަ ބައިވެރިޔާ، މިދުހާއަށް ވަނީ ހަބޭސް މަދަހަ އަލްބަމަށް މަދަހަ ކިޔުމުގެ ފުރުސަތު ލިބިފައެވެ. ކުދިންގެ ކިބައިގައި ހުރި މިފަދަ ހުނަރުތައް ދެނެގަނެ، އެހުނަރުތައް ތަރައްގީކުރުމަށް މިފަދަ މަންސަތަކުގައި ކުރިއަށް ގެންދެވޭ އެކިއެކި މުބާރަތްތަކުން ފުރުސަތު ފަހިކޮށްދެއެވެ.

 މިމުބާރާތް ކުރިއަށް ގެންދިއުމަށް ޓަކައި، އިހަވަންދޫގެ ގިނަ ވިޔަފާރިވެރިންނާއި، ކަލަރ ޑްރޮޕް، ހަބޭސް ބޮޑުބެރު ގުރޫޕުން އަދި އޭ.އެސް.ޕީ ސްޓޫޑިއޯގެ ހިއްސާ ވަރަށް ބޮޑެވެ.

މިއީ، އިހަވަންދޫގައި އަންހެނުން އިސްނަގައިގެން ކުރިއަށް ގެންދެވުނު ފުރަތަމަ މުބާރަތެވެ.

ވީޑިއޯ ބައްލަވައިލުމަށް މިލިންކަށް ކްލިކް ކުރައްވާ.