ޕީޕީއެމް އިހަވަންދޫގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް ޢަބްދުﷲ އިރުޝާނު ޖޭޕީއަށް

.

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިހަވަންދޫ ގޮފިން ހިންގާ ހަރަކާތްތަކާއި އެޕާޓީ ސޯޝަލް މީޑީއާގައި ޕްރޮމޯޓުކުރުމުގައި އިސްދައުރެއް އަދާކުރަމުންދިޔަ ޢަބްދުﷲ އިރުޝާނު ޖުމްހުރީ ޕާޓީއާ ގުޅިއްޖެއެވެ.

ޖުމްހުރީ ޕާޓީއަށް ސޮއި ކުރުމަށްފަހު މިނޫހަށް މަޢުލޫމާތުދެމުން އިރުޝާނު ބުނީ ސިޔާސީ ދާއިރާގައި ޒުވާނުން ބާރުވެރިވެގެން ދިއުމަކީ އެކަމުގެ ލާބަޔާއި މަންފާ ރަށަށާއި ޤައުމަށް ލިބިގެންދާނެ ކަމެއްކަމާށާއި ޖުމްހުރީ ޕާޓީއާ ގުޅުނީ ޒުވާނުންނަށް ފަހި ފުރުސަތުތަކެއް ޖުމްހުރީ ޕާޓީގައި އޮތްކަމަށް ޤަބޫލުކުރާތީ ކަމަށެވެ.

އިތުރަށް އިރުޝާނު ބުނީ އިހަވަންދޫގައި ޖުމްހުރީ ޕާޓީގެ ގޮތްޕެއް އުފެއްދުމުގެ މަސައްކަތް ވަރަށް ބާރަށް ކުރަމުން އަންނަ ކަމަށާއި އުއްމީދަކީ މި ދާއިރާއިން ގިނަ ފުރުސަތުތަކެއް އިހަވަންދޫގެ ޒުވާނުންނަށް ހުޅުވައިލެވި، ރައްޔިތުންނަށް ދުޅަހެޔޮ ދިރިއުޅުމެއް ހޯދައިދިނުމަށް އެފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަސައްކަތްކުރުން ކަމަށެވެ.

އެގޮތުން ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރުމަށް ޖުމްހުރީ ޕާޓީގެ ޓިކެޓް ލިބިފައިވާކަމަށާއި އެ ޕާޓީގެ ޓިކެޓްގައި އިހަވަންދޫ ރަށުކައުންސިލްގެ މެމްބަރުކަމަށް ވާދަކޮށް، ރަށުގެ ތަރައްޤީގައި ޒުވާނުންގެ ހިއްސާ ބޮޑުކުރުމަށް މަސައްކަތްކުރާނެކަމަށް އިރުޝާނު ބުންޏެވެ.

ޚިޔާލު ފައުޅުކުރުން

ޙުރިހާ ޕާޓީ އެއްގަ އުޅޭެގޮލައެއް