3 އަހަރުން ދަށުގެކުދިން އާރްޓީއެލް ލޯންޗްތަކުން ހިލޭ ދަތުރުކުރެވޭނެ

މުޙައްމަދު އަކުރަމް

ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީތަކުގައި އުމުރުން 3 އަހަރުން ދަށުގެ ކުދިންނަށް ހިލޭ ދަތުރުކުރެވޭނެކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) ބުނެފިއެވެ.

އެމްޓީސީސީން މައުލޫމާތުދިން ގޮތުގައި އާރުޓީއެލް ޓިކެޓް ޕޯޓަލްމެދުވެރިކޮށް ޓިކެޓް ނަގާއިރު 3 އަހަރުން ދަށުގެކުދިންގެ މައުލޫމާތުވެސް އެންޓަރކުރަން ޖެހޭނެއެވެ. އަދި ކޮންމެ ކުއްޖާކާ އެކުގައި ދަތުރުކުރާ ބެލެނިވެރިޔާ ފާހަގަކުރަން ޖެހޭނެއެވެ.

ރާއްޖެ 6 ޒޯނަކަށް ބަހާލައިގެން ދޭ ރާއްޖެ ހައިސްޕީޑް ފެރީގެ ޚިދުމަތުގައި ބޭނުންކުރާ ފެރީތަކަކީ ސްޕީޑް އަވަސް ފެރީތަކެކެވެ. އެއަރކޯން ކޮށްފައިވާ މި ފެރީތަކަކީ ދަތުރުކުރާ ފަރާތްތަކަށް އަރާމު އަދި ފަސޭހަ ދަތުރުތަކެއް ކުރެވޭނެ ފެންވަރުގައި ތައްޔާރުކޮށްފައިވާ ލޯންޗް ފެރީ ތަކެކެވެ.