Banner Image Description

ރައްޔިތު ބައްދަލުވުމުގައި ބައިވެރިވީ އާނމުންގެ ތެރެއިން އެންމެ 4 މީހަކު

މުޙައްމަދު އަކުރަމް

ލާމަރުކަޒީ ގާނޫނޫނުގެ 110 ވަނަ މާއްދާގައިވާ ގޮތުގެމަތިން ކޮންމެ އަހަރެއްގެ ޖުލައިމަސް ނިމުމުގެކުރިން ރައްޔިތުންނާ ބައްދަލުކުރުމަށް ބާއްވަން ޖެހޭ ބައްދަލުވުން، ރޭ  އިހަވަންދޫ ކައުންސިލުން ބާއްވައިފިއެވެ.

އިހަވަންދޫ ސްކޫލުގައި ރޭ 20:30 ގައި ފެށި ބައްދަލުވުމުގައި ކައުންސިލުން ކޮށްފައިވާ، ކުރަމުންދާ އަދި ކުރުމަށް ޕްލޭންކޮށްފައިވާ ކަންކަމާއި ގުޅޭ މައުލޫމާތު ވަރަށް ތަފްސީލްކޮށް ދީފައިވެއެވެ. މީގެއިތުރުން ސާފުކުރަން ބޭނުންވާ ކަންކަމައިގުޅޭގޮތުން ކައުންސިލާއި ސުވާލުކުރުމުގެ ފުރުސަތުވެސް ދީފައިވެއެވެ. ކުރިން އޮންލައިންކޮށް ސުވާލުހުށަހެޅުމަށް ދީފައިވާ ފުރުސަތުގައި ހުށަހަޅާފައިވާ ސުވާލުތަކަށްވެސް ކަމާއި އެންމެ ގުޅުންހުރި ކައުންސިލަރުންވަނީ ޖަވާބުދީފައެވެ.

މިބައްދަލުވުމުގައި މިވަގުތު ޗުއްޓީގައިހުރި ކައުންސިލަރު މަރިޔަމް ޝިފާޒާ ފިޔަވާ ހުރިހާ ކައުންސިލަރުން ވަނީ ބައިވެރިވެފައެވެ. ޖަލްސާގައި އާންމުގެ ތެރެއިން ބައިވެރިވީ އެންމެ 4 މީހުންނެވެ. މީގެއިތުރުން ކައުންސިލްގެ 16 މުވައްޒަފަކާއި، އަންހެނުން ކޮމިޓީގެ އެއް މެމްބަރަކު ބައިވެރިވެފައިވެއެވެ. ކައުންސިލުން ރައްޔިތުންނާއި ބައްދަކުރުމަށް ބާއްވާ ޖަލްސާތަކަށް އާމުކޮށް ލިބެނީ ވަރަށް ފިނިތަރުހީބެކެވެ. ނަމަވެސް މިއީ މިހާތަނަށް އެންމެމަދުން އާމުންގެތެރެއިން މީހުން ބައިވެރިވި މިފަދަ ޖަލްސާއެވެ.