މޮޅަދޫ ސްކޫލުގެ މަދަޙަ މުބާރާތް ބާއްވައިފި

ޢަބުދުﷲ ޙަމީދު

ހއ. މޮޅަދޫ ސްކޫލުގެ 16 ވަނަ މަދަޙަ މުބާރާތް މިއަދު ބާއްވައިފިއެވެ.

ދަރިވަރުންނަށް އަމާޒުކޮށްގެން އެ ސްކޫލުގެ އިސްލާމް ކުލަބުން އިންތިޒާމުކުރި މި މުބާރާތުގައި މި އަހަރު 44 ދަރިވަރުން ވަނީ ބައިވެރިވެފައެވެ.

ދަރިވަރުންގެ ހިތްތަކުގައި ދީނީ ޝިޢާރުތަކަށް ލޯބި ޖެއްސުމަށާއި ދަރިވަރުންގެ ހުނަރު ކުރިއަރުވައި ތަރައްޤީކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދިޔަ މި މުބާރާތުގައި ހައުސްތަކުގެ ބައިން ގްރޫޕް މަދަޙަ ހުށަހެޅުން އޮތެވެ. އެގޮތުން ޣާޒީ ހައުހާއި ހުރަވީ ހައުސްއިން ސީނިއަރ އަދި ޖޫނިއަރ ބައިންވަނީ ދަރިވަރުން ގުރޫޕް މަދަޙަ ހުށަހާޅަދީފައެވެ.

މި މުބާރާތުގައި ކޮންމެ ގުރޭޑަކުން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ދަރިވަރު އަދި ސީނިއަރ ބައިންނާއި ޖޫނިއަރ ބައިން 1 ވަނަ، 2 ވަނަ އަދި 3 ވަނަ ހޮވާގޮތަށްވަނީ ހަމަޖެހިފައެވެ.