އިމަގު ޖަމިއްޔާއާއި ކްލަބް ޕޯލްސްޓަރގެ އަހަރީރިޕޯޓާއި އަހަރީ ހިސާބުތައް އާންމުކޮށްފި

.

އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ޖަމިއްޔާއާއި ކްލަބް ޕޯލްސްޓަރގެ ވޭތުވެދިޔަ 5 އަހަރުގެ އަހަރީ ރިޕޯޓްތަކާއި އަހަރީ ހިސާބުތައް އާންމުކޮށްފިއެވެ. މިތަކެތި އާންމުކޮށްފައިވަނީ ހއ. އިހަވަންދޫ އަންބަރީގޭ އަބުދުލް މާނިއު ހުސައިން އޭނާގެ ފޭސްބްކު އެކައުންޓްގައެވެ.

އަބުދުލް މާނީއު ހުސައިން މިލިޔެކިޔުން ހޯދާފައިވަނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ޙައްޤުގެ ޤާނޫނުގެ ދަށުން، މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގައި އެދިގެންނެވެ. ޔޫތްމިނިސްޓްރީއިން، އެއީ އެޖަމިއްޔާތަކުގެ ޒާތީ މައުލޫމާތުކަމަށްބުނެ މައުލޫމާތު ފޯރުކޮށްދިނުމަށް ދެކޮޅުހަދާފައިވާތީ، މިދިޔަ ސެޕްޓެމްބަރ މަހުގެ 20 ވަނަ ދުވަހު ވަނީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން ހުޅުވާލައިފަވާ އަޑުއެހުމެއް ބާއްވާފައެވެ. އެއަޑުއެހުމުގައި އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާޙިދު ރަޝީދު ވަނީ ރަސްމީ 7 ދުވަހުގެ ތެރޭގައި މާނިއު އެދިފައިވާ މައުލޫމާތު ފޯރުކޮށްދިނުމަށް، ޔޫތް މިނިސްޓްރީގެ މައްޗަށް އަމުރުކޮށްފައެވެ.

މިއީ އިހަވަންދޫގައި ހަރަކާތްތެރިވާ އެންޖީއޯއެއްގެ އަހަރީ ރިޕޯޓާއި އަހަރީ ހިސާބު އާންމުކުރި ފުރަތަމަ ފަހަރެވެ.