ޕީޕީއެމްގެ އިހަވަންދޫ ދާއިރާ އިންތިހާބުގައި 864 މީހަކަށް ވޯޓްލެވޭ

މުޙައްމަދު އަކުރަމް

ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުގެ އިހަވަންދޫ ދާއިރާގެ އިންތިހާބުގައި 864 މީހަކަށް ވޯޓް ލުމުގެ ހައްޤު ލިބިގެންވާކަން ހާމަވެއްޖެއެވެ. ޕީޕީއެމް އިން އާންމުކޮށްފައިވާ ފައިނަލް ވޯޓަރސް ލިސްޓްގައި ވާގޮތުން، މި އިންތިހާބުގައި އިހަވަންދޫ އިން 707 މީހަކަށް ވޯޓް ލެވޭއިރު، މާރަންދޫއިން 124 އަދި މޮޅަދޫއިން 33 މީހަކަށް ވޯޓް ލެވެއެވެ.
މިއިންތިހާބުގައި އިހަވަންދޫ ދާއިރާގެ ރައީސް ކަމަށް ވާދަކުރަނީ އަހްމަދު ނަސީރު އަދި މުހައްމަދު އަބުދުﷲ އެވެ. ނައިބް ރައީސް ކަމަށް 4 ކެންޑިޑޭޓަކު ވާދަކުރެއެވެ. އެއީ އަބުދުލް މުއީދު އިބްރާހިމް، އަހްމަދު ޝާފިއު، އިބްރާހިމް ހަލީލް އަދި މުހައްމަދު އިބްރާހިމްއެވެ. އައިޝަތު އަޒުހާރާ އެކަނި އަންހެނުންގެ ހަރަކާތުގެ ރަށު ރައީސް އަށް ވާދަކުރުމުން އޭނާވަނީ އިންތިހާބަކާނުލާ އެމަޤާމަށް ހޮވިފައެވެ. ޒުވާނުން ހަރަކާތުގެ ރަށު ރައީސް އަށް ވާދަކުރަނީ އަހްމަދު ފައިސަލް އަދި މުހައްމަދު އަމީން އެވެ. ޒުވާނުން ހަރަކާތުގެ ރަށު ރައީސްގެ އިންތިހާބުގައި ވޯޓް ލުމުގެ ހައްޤު ލިބިގެންވަނީ 310 މީހަކަށެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލީޝަނުގެ ދާއިރާތަކުގެ އިންތިހާބު އޮންނާނީ އަންނަ ނޮވެމްބަރ މަހުގެ 5 ވާ ހޮނިހިރުދުވަހުއެވެ.

ޚިޔާލު ފައުޅުކުރުން

ޢަފުޒަލް
ފައިސަލެއް ނޫން އަފްސަލް