ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓްގެ ސެމީފައިނަލްގެ މެޗްތައް މިރޭ

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކައުންސިލް ކަޕް 2022 ފުޓްސަލް ޓޯނަމެންޓް” ގެ  ސެމީފައިނަލްގެ މެޗްތައް މިރޭ އޮންނާނެއެވެ.

މިރޭ ސެމީފައިނަލްގެ ފުރަތަމަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއްވަނަ ޓީމް ކަމަށްވާ އެންވީކޭ އަދި ގްރޫބް ބީ ގެ ދެވަނަ ޓީމްކަމަށްވާ ޕެރިސް އެވެ. މިމެޗް ފަށާނީ މިރޭ 20:15 ގައެވެ. ސެމީ ފައިނަލްގެ ދެވަނަ މެޗްގައި ބައްދަލުކުރާނީ ގްރޫޕް އޭގެ ދެވަނަ ޓީމް ކަމަށްވާ ޔުނައިޓެޑް ޔޫތް އަދި ގްރޫޕް ބީ ގެ އެއްވަނަ ޓީމް ކަމަށްވާ ސެންސިޓީއެވެ. އެމެޗް ފަށާނީ މިރޭ 21:15 ގައެވެ.

މިމުބާރާތުގެ ފައިނަލް މެޗް އޮންނާނީ މިމަހުގެ 12 ވާ ހޮނިހިރު ދުވަހުގެރޭ 20:15 ގައެވެ.