ކައުންސިލް ކަޕްގެ ފައިނަލް މިރޭ ބައްދަލުކުރާނީ އެންވީކޭ އަދި ޔުނައިޓެޑް ޔޫތް

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ “ކައުންސިލް ކަޕް ފުޓްސަލް ޓޯނަމެންޓް 2022” ގެ ފައިނަލް މެޗް މިރޭ ކުޅޭއިރު އެމެޗްގައި ބައްދަލުކުރާނީ ވޭތުވެދިޔަ ހަތަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ އެންވީކޭ. އަދި ޔުނައިޓެޑް ޔޫތެވެ.

މި ދެޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗް ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. އެންވީކޭ މިމުބާރާތުގެ ފައިނަލަށް ދަތުރުކުރީ ގްރޫޕް “އޭ” ގެ އެއްވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށް ސެމީ ފައިނަލްގައި ޕެރިހުގެ މައްޗަށް 6-3 އިން ކުރި ހޯދައިގެންނެވެ. ޔުނައިޓޭޑް ޔޫތް ފައިނަލަށް ދަތުރުކުރީ ގްރޫޕް “އޭ” ދެ ވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލަށް ދަތުރުކޮށް ސެމީ ފައިނަލްގައި ސެންސިޓީގެ މައްޗަށް 6-4 އިން ކުރި ހޯދައިގެންނެވެ.

ފައިނަލް މެޗް ފަށާނީ މިރޭ 20:15 ގައެވެ. ފައިނަލް މެޗް މި ނޫހުގެ ފޭސްބުކް ޕޭޖުން އަދި ޔޫޓިބް ޗެނަލުންވެސް ސްޓްރީމް ކުރެވޭތޯ މިދަނީ މަސައްކަތް ކުރަމުންނެވެ.