އެމްޑީޕީ ފަހަތަށް ޖައްސާލައި އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީއަކަށް ޕީޕީއެމް

މުޙައްމަދު އަކުރަމް

ސިޔާސީ ޕާޓީތަކުގެ ފޯރި ފެށުނީއްސުރެއް އިހަވަންދޫގައި އެންމެ މެމްބަރުން ގިނަ ޕާޓީ، ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ފަހަތަށް ޖައްސާލައި އެމަޤާމް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވެސް (ޕީޕީއެމް) އިން ހޯދައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިނޫހާއި ހިއްސާކޮށްފައިވާ މައުލޫމާތަށް ބަލާއިރު އިހަވަންދޫގައި، ދިވެހި ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ މީހުން އެބަތިއްބެވެ. އިހަވަންދޫ އަށް ނިސްބަތްވާ 2,123 މީހަކު ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ތިބިއިރު، އޭގެ ތެރެއިން އެންމެ މެމްބަރުން ގިނައީ ޕީޕީއެމްގައެވެ، ޕީޕީއެމްގައި 935 މެމްބަރުން ތިބިއިރު ދެ ވަނާގައިއޮތް އެމްޑީޕީގައި ތިބީ 855 މެމްބަރުންނެވެ. 121 މެމްބަރުންނާއި އެކު 4 ވަނާގައި އޮތީ ޖޭޕީ އެވެ. 5 ވަނާގައި 97 މެމްބަރުންނާއި އެކު އެމްޑީއޭ އޮތް އިރު 6 ވަނާގައި އޮތް އަދާލަތު ޕާޓީގައި 43 މެމްބަރުން އެބަތިއްބެވެ. އެމްއެންޕީގައި 23 މެމްބަރުން ތިބިއިރު އެމްއެލްއެސްޑީޕީ އަދި އެމްޓީޑީގައި ތިބީ 16 މެމްބަރުންނެވެ. މައުމޫންގެ އެމްއާރުއެމް ގައި ތިބީ 15 މެމްބަރުންނެވެ. ޕީޕީއެމް ކޯލީޝަނުގައި ހިމެނޭ ޕީއެންސީ އަދި ޖާބިރުގެ ޑީއާރުޕީގައި ތިބީ އެންމެ މެމްބަރެކެވެ.

އެންމެ ފަހުން ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓްލުމުގެ ހައްޤު އިހަވަންދޫގެ 2266 މީހަކަށް ލިބިފައިވެއެވެ. އެހެންކަމުން ސިޔާސީ ޕާޓީއަކާއި ގުޅުމުގެ އުމުރު ހަމަވާމީހުންގެ ތެރެއިން އެއްވެސް ޕާޓީއަކާއި ނުގުޅިތިބީ އިހަވަންދޫގެ ގާތްގަނޑަކަށް 143 މީހުންނެވެ.

 

ޚިޔާލު ފައުޅުކުރުން

ތިންވަނަ ކޮބާ