Banner Image Description

އިމަގު މަދަހަ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު 1 ޖޫންއާއި ހަމަޔަށް

މުޙައްމަދު އަކުރަމް

“އިމަގު މަދަހަ މުބާރާތް” 1439 ގައި ބައިވެރިވުމުގެ ފުރުސަތު އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) އިން ހުޅުވާލައިފިއެވެ. އާމުކޮށް ހުޅުވާލައިގެން އިމަގު ޖަމިއްޔާއިން ކުރިއަށް ގެންދާ މިމުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަންނަ ޖޫން މަހުގެ 1 ވާ ހުކުރު ދުވަހުގެ ނިޔަލަށް އޮންނާނެ ކަމަށް އިމަގު ޖަމިއްޔާއިން ހާމަކުރެއެވެ.

މިމުބާރާތް ކުރިޔަށް ގެންދަނީ ދެބަޔަކަށް ބަހާލައިގެންނެވެ. އެއީ އިންޑުވިޑުއަލް ބަޔާ ގްރޫޕް ބަޔެވެ. އިންޑްވިޑުއަލް ބައިގައި ހިމެނޭ އުމުރުފުރާތަކަކީ، 9 އަހަރާއި 13 އަހަރާއި ދެމެދު، 13 އަހަރާއި 16 އަހަރާއި ދެމެދު އަދި 16 އަހަރުން މައްޗެވެ. އިންޑުވިޑުއަލް ބައިން 1 ވަނަ އަށްދާ ފަރާތަކަށް 5000ރ ލިބޭއިރު، 2 ވަނައަށް ދާ ފަރާތަކަށް 2500ރ ހުށަހަޅާފައިވެއެވެ. އަދި 3 ވަނައަށް ދާ ފަރާތަކަށް 1500ރ ލިބޭނެކަމަށް އިމަގުޖަމިއްޔާއިން ހާމަކުރެއެވެ. ގްރޫޕް ބައިން އެއްވަނައަށް އަންނަ ގްރޫޕަކަށް 2000ރ ލިބޭއިރު ގްރޫޕެއްގައި ގިނަވެގެން ހިމެނޭނީ 10 ބައިވެރިންނެވެ. މީގެ އިތުރުން އިމަގުންވަނީ ކުޑަކުދިންނަށް އެކުދިންގެ ހުނަރު ދައްކައިލުމުގެ ފުރުސަތު ދިނުމުގެ ގޮތުން، 9 އަހަރުން ދަށުގެ ކުދިންނަށްވެސް އުމުރުފުރައެއް ޙާއްސަކޮށް ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފައެވެ.

މިމުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް ދޫކުރުމާއި ބަލައިގަތުން ކުރިޔަށްދާނީ އިމަގު އޮފީހުގައިކަމަށް އިމަގު ޖަމިއްޔާއިން ހާމަ ކުރެއެވެ. އަދި މުބާރާތާއިގުޅޭ އިތުރު މައުލޫމާތު ހޯއްދަވަން ބޭނުންފުޅުވާ ފަރާތްތަކުން 7329327 ނަންބަރު ފޯނަށް ގުޅުމަށް އިމަގު ޖަމިއްޔާއިން އެދެއެވެ.