Banner Image Description

ގަބީލާ ޓީމް މިފަހަރުވެސް ނުކުންނަނީ ތަށި ހިއްލާލަން

މުޙައްމަދު އަކުރަމް

އިހަވަންދޫ ކައުންސިލުން އިންތިޒާމްކޮށްގެން ބާއްވާ ކައުންސިލް ކަޕް ވޮލީ މުބާރާތް 2022 ގައި ބައިވެރިވެފައިވާ ގަބީލާ ޓީމްގެ އަމާޒަކީ މުބާރާތުގެ ތަށި ހިއްލާލުންކަމަށް އެޓީމްގެ މެނޭޖަރު އަޙްމަދު ރިލްވާން ބުނެފިއެވެ.

ރިލްވާން ބުނިގޮތުގައި މިމުބާރާތަށް ޤަބީލާ ޓީމްވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. އެގޮތުން ޤައުމީ ޓީމުގައި ހިމެނޭ އައިޝަތު މާޖިދާ އެޓީމަށް ގެނެސްފައި ވާއިރު އިހަވަންދޫގައި ވޮޅީ ކުޅޭ އެންމެ ހުނަރުވެރި އެއް ކުޅުންތެރިޔާ ކަމަށްވާ ފާތިމަތު ތޮހޫރާވެސް ކުޅެނީ ގަބީލާ ޓީމަށެވެ. ގަބީލާ ޓީމުން މިހާތަނަށް އިހަވަންދޫގައި ބޭއްވި 4 ވޮލީ މުބާރާތެއްގައި ބައިވެރިވެފައިވާއިރު އެ ހަތަރު މުބާރާތުގެ ފައިނަލަށްވެސް އެޓީމް ވަނީ ދަތުރު ކޮށްފައިވެއެވެ. 3 މުބާރާތުގެ ތަށި އެޓީމުން ހިއްލާލާފައިވާއިރު ޓީމުގެ ކޯޗަށް މިފަހަރުވެސް އަހުމަދު އަބުދުއް ސަމަދު ހުރިކަމީ އިތުބާރު ބޮޑުވެގެން ދާކަމެއް ކަމަށް ރިލްވާން ބުންޏެވެ.

އިހަވަންދޫ ފުޓްސަލް ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ ކައުންސިލްކަޕް ވޮލީ މުބާރާތުގެ 3 ޓީމެއް ވާދަކުރެއެވެ.

ޚިޔާލު ފައުޅުކުރުން

ކުރީގެ ގައުމީޓީމްގައި ހިމެނޭ*