Banner Image Description

އިމަގު ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި ސުންގަޑިއަކީ އަންނަ ބުރާސްފަތި ދުވަސް

މުޙައްމަދު އަކުރަމް

އަލްމަރްޙޫމް ޙުސައިން ޒުހައިރުގެ 19 ވަނަ ހަނދާނީ ޤުރުއާން މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިކަމާގުޅިގެން އިމަގު (އިހަވަންދޫ މަސްވެރިންގެ ގުޅުން) ޖަމިއްޔާއިން ކޮށްފައިވާ އިއުލާނުގައިވާގޮތުން އެމުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މިމަހުގެ 30 ވާ ބުރާސްފަތި ދުވަހުގެ 00:00 އެވެ.

“އަލްމަރްޙޫމް ޙުސައިން ޒުހައިރުގެ ހަނދާނީ ޤުރުއާން މުބާރާތުގެ” ނަމުގައި މި މުބާރާތް ކުރިޔަށް ގެންދަނީ، އިމަގު ޖަމިއްޔާގެ އެއް މުއައްސިސް ކަމުގައިވާ، ހއ. އިހަވަންދޫ ވައިޖެހޭގ، ހުސައިން ޒުހައިރުގެ ނަން ދިރުވާ އާލާކޮށް، އެ މަރުޙޫމްގެ ޒިކުރާ އާލާކުރުމުގެ މަޤްސަދުގައެވެ. މިއީ އެގޮތުން މިމުބާރާތް ބާއްވާތާ 19 ވަނަ އަހަރެވެ.

އިމަގު ޖަމިއްޔާ އިން ހާމަކޮށްފައިވާ ގޮތުގައި މި މުބާރާތުގައި ކޮންމެ އުމުރުފުރައެއްގެ ބައިވެރިއަކަށްވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ. ނަމަވެސް ހުރިހާ ބައިވެރިންވެސް ވާނެޖެހޭނީ އިހަވަންދޫގެ ރައްވެއްސަކަށް ނުވަތަ އިހަވަންދޫގައި ދިރިއުޅޭ މީހަކަށެވެ. މިއަހަރުގެ މުބާރާތުން އެއްވަނައަށް އަންނަ ފަރާތަކަށް އުމުރާ ދަތުރެއް ވަނީ ހުށަހަޅާފައެވެ.

މުބާރާތުގައި ބައިވެރިވުމަށް އެދޭ ފޯމް

ޚިޔާލު ފައުޅުކުރުން

އެއްވަނަ އަށް ކޯންޗެއް ލިބެނީ