Banner Image Description

ނޮވެމްބަރު މަހު އިހަވަންދޫ ކައުންސިލަށް ލިބުނީ 26016ރ

މުޙައްމަދު އަކުރަމް

ވޭތުވެދިޔަ ނޮވެމްބަރު މަހު އިހަވަންދޫ ކައުންސިލަށް އާމްދަނީގެ ގޮތުގައި ލިބުނީ 26016ރ 28ލ (ސައްބީސް ހާސް ސޯޅަ ރުފިޔާ އަށާވީސް ލާރި) ކަމަށް އިހަވަންދޫ ކައުންސިލުން މިއަދު ހާމަކޮށްފިއެވެ. މިއީ އޮކްޓޯބަރ މަހަށްވުރެ 11897ރ 97ލ (އެގާރަހާސް އަށްސަތޭކަ ނުވަދިހަ ހަތްރުފިޔާ ނުވަދިހަހަތްލާރި) މަދު އަދަދެކެވެ. އިހަވަންދޫ ކައުންސިލްގެ އާމްދަނީ އެކައުންޓަށްލިބޭ ފައިސާގެ ތަފްސީލް އާނމުކުރަން ފަށާފައިވަނީ މިއަހަރުގެ އޮކްޓޯބަރ މަހުން ފެށިގެންނެވެ.

ނޮވެމްބަރުމަހު ކައުންސިލަށް އާމްދަނީ ލިބިފައިވަނީ މައިގަނޑު 7 ދާއިރާއަކުންނެވެ. ވިޔަފާރި ކުލީގެ ގޮތުގައި 2450ރ ލިބިފައިވާއިރު، ބިމުކުލީގެ ގޮތުގައި 8117.52ރ އަދި ކޮޓަރި/އިމާރާތުގެ ކުލީގެ ގޮތުގައި 350ރ އަދި އެހެނިހެން ގޮތްގޮތުން 105.45ރ އަދި ނީލަން ކިޔާގެން 11759ރ އަދި ޖޫރިމަނާގެ ގޮތުގައި 2085ރ ލިބިފައިވާއިރު ރުއްގަހުގެ އަގަށް 1104.76ރ ލިބިފައިވެއެވެ.

އިހަވަންދޫ ކައުންސިލުން ހާމަކޮށްފައިވާގޮތުގައި ކައުންސިލަށް މަހުންމަހަށް ލިބޭ އާމްދަނީގެ ތަފްސީލް އާނމުކުރަން ފެށީ، ވީހާވެސް ދެފުއްފެންނަ ގޮތެއްގައި ރައްޔިތުންނަށް ކައުންސިލް ހިނގާގޮތުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ކަމުގައެވެ.