Banner Image Description

އައުޓްޑޯރ ޑިޖިޓަލް ނޯޓިސް ބޯޑް އިހަވަންދޫ ސްކޫލާ ހަވާލުކޮށްފި

މުޙައްމަދު އަކުރަމް

އިހަވަންދޫ ސްކޫލަށް ޑިޖިޓަލް އައުޓްޑޯ ނޯޓިސް ބޯޑެއް ހަވާލުކޮށްފިއެވެ. މިނޯޓިސް ބޯޑް ހަވާލުކޮށްފައިވަނީ މިކަމަށްޓަކައި މިރޭ އިހަވަންދޫ ސްކޫލްގެ މެއިން ގޭޓް ކުރިމަތީ ބޭއްވި ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި އިހަވަންދޫ ސްކޫލްގެ އިސްވެރިންނާއި ބައެއް މުދައްރިސުންނާއި ކިޔަވާކުދިންގެ އިތުރުން ކްލަބް ޕޯލްސްޓަރގެ ހިންގުމައިގައި ހަރަކާތްތެރިވާ ފަރާތްތަކުން ބައިވެރިވިއެވެ.

މި ނޯޓިސް ބޯޑަކީ މޯލްޑިވިއަން ކޮމިއުނިޓީ ފައުންޑޭޝަނުގެ ހިލޭ އެހީގެ ދަށުން، އިހަވަންދޫގެ ކްލަބް ޕޯލްސްޓާއިން ތައްޔާރުކޮށްފައިވާ ނޯޓިސް ބޯޑެކެވެ. މިނޯޓިސް ބޯޑް ބެހެއްޓުމަށް ކްލަބް ޕޯލްސްޓާ، ތައްޔާރުކުރި ޕްރޮޕޯސަލަށް ފަންޑުކުރި މޯލްޑިވިއަން ކޮމިއުނިޓީ ފައުންޑޭޝަނުން ފާހަގަ ކޮށްފައިވަނީ އިހަވަންދޫ ސްކޫލަކީ 800 އަށްވުރެ ގިނަ ދަރިވަރުން ތައުލީމް ހާސިލްކުރަމުންދާ ސްކޫލެއް ކަމަށާއި މިނ ނޯޓިސް ބޯޑްގެ ސަބަބުން އެދަރިވަރިންނަށާއި އެދަރިވަރުންގެ ބެލެނިވެރިންނަށް ފައިދާ ވެގެންދާނެ ކަމުގައެވެ.

ޒަމާނީ ފާޑުވެރިކަމާއިއެކު ހިޔާކޮށްގެން ހަދާފައިވާ މި ނޯޓިސް ބޯޑްގައި ޑިޖިޓަލް ނޯޓިސް ބޯޑެއްގެ އިތުރުން އާދައިގެ ނޯޓިސް ބޯޑެއްވެސް ހުރެއެވެ.