ތަށިހޯދަން މިތިބީ ކެތްމަދުވެފައި – ކޯޗް ފަޔާޒް

ހަސަން އީމާން

ދިރާގު ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖް 2023 ގެ ފައިނަލަށް ޔުނައިޓެޑް ޔޫތް ނުކުންނައިރު ޓީމްގެ ކުޅުންތެރިން ތަށި ހޯދުމަށްތިބީ ކެތްމަދުވެފައި ކަމަށް، ޔުނައިޓެޑް ޔޫތްގެ ކޯޗް ހުސައިން ފަޔާޒް ބުނެފިއެވެ. ފަޔާޒް ބުނީ ޔުނައިޓެޑް ޔޫތަށް ފައިނަލަކީ އާއެއްޗެއް ނޫންކަމަށާއި އެޓީމަކީ ފަނަލަށް ފަރިތަ ޓީމެއްކަމުގައެވެ.

މިއީ ފަޔާޒްގެ އިރުޝާދުގެ ދަށުން ޔުނައިޓެޑް ޔޫތް ނުކުންނަ 3 ވަނަ ފައިނަލެވެ. ފަޔާޒް އިތުރަށްބުނީ މި މިބާރާތުގައި ޓީމްގެ ކުޅުން ދުވަހަކަށްވުރެ ދުވަހެއް ރަނގަޅުކޮށްފައިވާތީ ކޯޗްގެ ފުރިހަމަ ކޮންފިޑެންސް ޓީމަށް އެބައޮތްކަމުގައެވެ. އަދި ކޮންމެ ހާލަތަކަށްވެސް ޓީމް އޮތީ ތައްޔާރުވެގެންކަމަށް ފަޔާޒް ބުންޏެވެ.

“އަޅުގަނޑެމުންގެ ޓީމް ފައިނަލްގައި މިކުންނަނީ ހަމައެކަނި ޔުނައިޓެޑް ޔޫތް ތަމްސީލްކުރާކަށްނޫން، އަޅުގަނޑުމެން ތަމްސީލް މިކުރަނީ މުޅި އިހަވަންދޫ” ފަޔާޒް ފާހަގަކުރިއެވެ. ސޯޝަލް މީޑިއާގައި އިހަވަންދޫގެ ޓީމްތަކާއި ފާހަގަކޮށްލެވޭ އެކިއެކި ކުޅުންތެރިންނާއި ބޭފުޅުން ދަނީ ޓީމަށް ހިއްވަރު ދިނުމުގެ ގޮތުން “ކުރެވޭނެ މިކަން” ކަމަށްބުނެ ހިތްވަރުދީ ޕޯސްޓްކޮށް ޕްރޮފައިލްވެސް ބަދަލުކުރަމުންނެވެ.

ޔުނައިޓެޑް ޔޫތް ގްރޫޕް އޭ ގެ އެއް ވަނަ ޓީމްގެ ގޮތުގައި ސެމީ ފައިނަލުން ޖާގަ ހޯދިއިރު، ގޯލްގެ ތަފާތުން އެގްރޫޕްގެ ދެވަނަ ލިބުނީ ޓީމް ނައިވާދޫއަށެވެ. ޔުނައިޓެޑް ޔޫތް ފައިނަލަށް ދަތުރުކުރީ ސެމީ ފައިނަލް މެޗްގައި، ގްރޫޕް ބީ ގެ ދެވަނަ ޓީމް ކުޅިމަގު ފަސޭހަކަމާއިއެކު 4-1 އިން ބަލިކޮށްގެންނެވެ.

ޔުނައިޓެޑް ޔޫތް މާދަމާގެ ފައިނަލްގައި ކުޅޭނީ ނައިވާދޫއަށް ނިސްބަތްވާ ޓީމް ނާވައިދޫއާ ދެކޮޅަށެވެ. އެ ދެޓީމް ގްރޫޕް ސްޓޭޖްގައި ކުޅުނު މެޗް ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.