މޯލްޑިވިއަން ނާސެސް އެސޯސިއޭޝަންގެ ފަރާތުން ޔުނިސެފް އަދި މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ގުޅިގެން ކުރިއަށްގެންދާ ހޭލުންތެރި ކުރުމުގެ މަސައްކަތު ބައްދަލުވުމެއް ފެށިގެން ކުރިއަށް އެބަދެއެވެ. އިހަވަންދޫ މަދަރުސާގެ ހޯލުގައި މިއަދު މެންދުރުފަހު ފެށިގެން ކުރިއަށްމިދާ މިމަސައްކަތު ބައްދަލުވުމުގައި އަތް ދޮވުމާއި ސާފުތާހިރުކަން އަދި ފައިދާހުރި ކާނާއާ ބެހޭ މަޢުލޫމާތު ދޭގޮތަށްވަނީ ހަމަޖެހިފަ އެވެ.
އިހަވަންދޫ މަދަރުސާގެ ގްރޭޑް 4 އަދި 5 ގެ ބެލެނިވެރިންނަށާއި ދަރިވަރުންނަށް އަމާޒުކޮށްފައިވާ މިމަސައްކަތު ބައްދަލުވުން ކުރިއަށްގެންދަނީ ދެބަޔަކަށް ބަހާލައިގެން ނެވެ. އެގޮތުން މިއަދާއި މިރޭ ބެލެނިވެރިންނަށް ހާއްސަކުރެވިފައި ވާއިރު މާދަމާ ހެނދުނު 8:30 ން 12:30 ށް ހާއްސަކުރެވިފައިވަނީ ދަރިވަރުންނަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުޅިރާއްޖެއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމަސައްކަތު ބައްދަލުވުމުގެ ފުރަތަމަ ފިޔަވަހި މިއަދު ފަށާފައި މިވަނީ ހއ އަތޮޅުންނެވެ.